ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އިންޑިއާއިން ހަމަހަމަކަމަށް ވާހަކަ ދައްކައިފި
ދުނިޔެ

އިންޑިއާއިން ހަމަހަމަކަމަށް ވާހަކަ ދައްކައިފި

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
އދ. ގެ އިންސާނީ ޙައްޤުތަކުގެ ކައުންސިލްގެ 60 ވަނަ ޖަލްސާގައި އިންޑިއާއިން ވަނީ ނަސްލީ ތަފާތުކުރުމާއި، ބިދޭސީންނާމެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާއި، އިންސާނީ ކަރާމާތަށް އުނިކަން ލިބޭ ކަންކަމާ ދެކޮޅަށް ވާހަކަދައްކާ ފައެވެ. އަދި މިފަދަ ކަންކަމަކީ އިންސާނީ ޝަރަފާއި އިޖްތިމާޢީ އެއްބައިވަންތަކަމަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި ބިރުވެރިކަމެއް ކަމުގައި ވެސް އިންޑިއާއިން ފާހަގަ ކޮށްފައި ވެއެވެ. މި ދުވަސްވަރު އިންޑިއާގައި އައިލަވް ޕްރޮފެޓް މުހައްމަދު މިހެން ޖަހާފައިވާ ޝިއާރުތައް ގެންގުޅޭ މީހުންނާ މެދު ހަރުކަށިކޮށް ފުލުހުން ފިޔަވަޅު އަޅަން ފަށާފައި ވެއެވެ. މިކަން އާންމު ވަމުން ދިއުމާއެކު އުއްތުރަ ޕްރަދޭޝްގެ ބައެއް ހިސާބުތަކުގައި އިންތަރނެޓްގެ ޚިދުމަތްވެސް ކަނޑާލާފައި ވެއެވެ. އިންޑިއާގެ ޤާނޫނުއަސާސީގައި  ހަމަހަމަ ކަމަށް ބާރުއަޅައެވެ. އަދި ހަމަހަމަކަމާއި، އިންސާފާއި، ތަފާތުކުރުން ނައްތާލުމުގެ އަސާސީ ޙައްޤުތައް ހިމެނޭ ކަމަށާއި އިންޑިއާގައި، ސަތޭކަ އަށްވުރެ ގިނަ ބަސްތަކާއި ގިނަ ދީންތަކުގެ މީހުން އެކުވެ އުޅޭ ކަމަށް އިންސާނީ ހައްގު ތަކާ ބެހޭ މަޖިލީހުގައި ވާހަކަ ދައްކަމުން އިންޑިއާގެ މަންދޫބު ފާހަގަ ކޮށްފައި ވެއެވެ. އަދި އިންޑިއާގެ މުޖުތަމަޢަކީ އެއްބައިވަންތަކަމުގެ ނަމޫނާއެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. ނަސްލީ ތަފާތުކުރުން ނައްތާލުމަށް ޤާނޫނީ އޮނިގަނޑުތައް އެކަނި ފުދޭނެކަމަށް ނުދެކޭކަމަށާއި، މިކަމަށް ތަޢުލީމާއި، ޘަޤާފީ މަޝްވަރާތަކާއި އިޤްތިޞާދީ ޝާމިލުވުން މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިކަމުގައި މަދަނީ މުޖުތަމަޢުގެ ދައުރު ވަރަށް މުހިންމުކަމަށާއި، ހަމަހަމަކަމަކީ ވާހަކަދައްކައިގެން ނިންމޭނެ ކަމެއް ނޫންކަން ވިދާޅުވިއެވެ. އިންޑިއާގައި މި ފަހަކަށް އައިސް މުސްލިމުންނަށް އިހާނާތްތެރި ކަންކަން ކުރިމަތިވުން އާދަޔާ ޚިލާފަށް އިތުރު ވެފައި ވެއެވެ. އެގޮތުން ޚިލާފް އުދޭ މައްސަލަތަކުގައި ތުހުމަތު ކުރެވުމާއެކު މުސްލިމުންގެ ގެތައް ބުލްޑޯޒަރު ޖަހައި ތަޅާލުމުގެ އަމަލުތައްވެސް ހިނގާ މިންވަރު މަދެއް ނޫނެވެ.  

ގުޅުންހުރި ޚަބަރު