ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ވިކިޕީޑިއާއާ ވާދަކުރާ ވެބްސައިޓެއް ތައާރަފުކުރަނީ
ދުނިޔެ

ވިކިޕީޑިއާއާ ވާދަކުރާ ވެބްސައިޓެއް ތައާރަފުކުރަނީ

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
މަހާސާދާގަރު އީލޮން މަސްކް ގެ އާޓިފިޝަލް އިންޓެލިޖެންސް ކުންފުނި "އެކްސް އޭއައި" މެދުވެރިކޮށް "ގްރޮކިޕީޑިއާ" ގެ ނަމުގައި ވިކިޕީޑިއާއާ ވާދަކުރާ ވެބްސައިޓެއް ތައާރަފުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އިއުލާނުކޮށްފިއެވެ. މަސްކް ބުނަނީ މި އައު ޕްލެޓްފޯމަކީ މިހާރުގެ ވިކިޕީޑިއާއަށްވުރެ ކުރިއަރާފައިވާނެ ވަސީލަތެއް ކަމަށެވެ. މަސްކަކީ ވިކިޕީޑިއާ ސިޔާސީ ގޮތުން ވައަތު ފިޔައިގެ ފިކުރަށް ބުރަވާކަމަށް ތުހުމަތުކުރާ ފަރާތެކެވެ. އަދި އޭނާގެ އެންމެ ގާތް އެކުވެރިއެއް ކަމަށްވާ ޑޭވިޑް ސެކްސް ވަނީ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތައް ތަމްރީނުކުރުމަށް ވިކިޕީޑިއާގެ މައުލޫމާތު ބޭނުންކުރާތީ ފާޑުކިޔާފައެވެ. "ގްރޮކިޕީޑިއާ" ގެ ނަން ނިސްބަތްވަނީ އެކްސް އޭއައި ގެ ޗެޓްބޮޓް "ގްރޮކް" އަށެވެ. ނަމަވެސް މި ޗެޓްބޮޓް ވަނީ ފާއިތުވި މަސްތަކުގައި ޔަހޫދީންނާ ދެކޮޅު ބަޔާންތަކެއް ނެރެ ފައެވެ. އަދި، ޔަހޫދީ ޓެރަރިސްޓް ހަމަލަތަކާއި އެމެރިކާއިން ޣައްޒާގެ ނަސްލު ސާފުކޮށްލުމުގެ ޢަމަލުތައް ހިންގާކަމަށް ބުނެ ސުއާލުތަކަށް ޖަވާބު ދީފައެވެ. މި ކަންކަމާ ގުޅިގެން ގްރޮކްގެ އެކައުންޓް ވަގުތީގޮތުން ހުއްޓުވާލެވުނެވެ.

ގުޅުންހުރި ޚަބަރު