ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ކެއްސާތި ބޯ ބޭސް ލިޔެދިން ޑޮކްޓަރު ހައްޔަރުކޮށްފި
ދުނިޔެ

ކެއްސާތި ބޯ ބޭސް ލިޔެދިން ޑޮކްޓަރު ހައްޔަރުކޮށްފި

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
އިންޑިއާގެ މަދްޔަޕްރަދޭޝްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑރ. ޕްރަވީން ސޯނީ ހައްޔަރު ކޮށްފިއެވެ. އޭނާ ވަނީ މޫސުމީ ހުމާ ގުޅިގެން ކުދިންނަށް އޭނާ ދެމުންދިޔަ ފަރުވާގެ ދިފާއުގައި ވާހަކަދައްކާފައެވެ. މިއީ ކެއްސާތީ ދޭ ކޯލްޑްރިފް ސިރަޕު ބޮއެގެން 16 ކުދިން މަރުވެފައިވާ މައްސަލައިގައި އޭނާ ހައްޔަރުކުރުމުގެ ކުރިން ބުނެފައިވާ ވާހަކައެވެ. އިންޑިއާ މީޑިއާއާ ވާހަކަ ދައްކަމުން ޑރ. ސޯނީ ބުނެފައިވަނީ، އެ ކޯފް ސިރަޕަކީ އެއްދުވަހުގެ ފަރުވާއެއްގެ ގޮތުގައި ދޭ އެއްޗެއް ނޫން ކަމަށާއި، އެ ކުންފުނީގެ ބޭސްތައް އޭނާ ވޭތުވެދިޔަ 10 އަހަރަށްވުރެ ގިނަ ދުވަހު ދެމުން ގޮސްފައިވާނެ ކަމަށެވެ. އަދި ޕްރައިމަރީ ޑޮކްޓަރަކު ބޭހުގައި ހިމެނޭ ފޯމިއުލާ ނިންމާ ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށާއި، އެމީހުންނަށް ލިބެނީ ބަންދުކޮށްފައި ހުންނަ ބޭސްތައް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ގުޅުންހުރި ޚަބަރު