ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޖައިޕޫރު ހަސްފަތާލުގައި އަލިފާނުގެ ހާދިސާއެއް
ދުނިޔެ

ޖައިޕޫރު ހަސްފަތާލުގައި އަލިފާނުގެ ހާދިސާއެއް

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
އިންޑިއާގެ ޖައިޕޫރުގައި ހުންނަ ސަވާއި މާން ސިންގް ހޮސްޕިޓަލްގެ ޓްރޯމާ ސެންޓަރުގެ އިންޓެންސިވް ކެއަރ ޔުނިޓްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މަދުވެގެން 7 މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގީ ކަރަންޓް ޝޯޓްވުމުގެ ސަބަބުން ކަމަށް ލަފާކުރެވެއެވެ. އާދިއްތަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި، އިމާރާތުގެ ދެވަނަ ފަންގިފިލާގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ދުމުން އެތަނުގައި ތިބި ބަލިމީހުންނާއި އެމީހުންގެ ޢާއިލާތަކުގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. މަރުވި މީހުންގެ ޢާއިލާތަކުން ތުހުމަތު ކުރާގޮތުގައި އަލިފާން ރޯވުމާއެކު ހޮސްޕިޓަލްގެ މުވައްޒަފުން ވަނީ އެތަނުން ފިލައިގެން ގޮސްފައެވެ. މި ހާދިސާގައި އައިސީޔޫގެ އެކި ލިޔެކިޔުންތަކާއި، މެޑިކަލް އިކުއިޕްމަންޓްތަކާއި، ލޭގެ ސާމްޕަލް ޓިއުބްތަކާއި އަދި އެހެނިހެން ތަކެތި ވަނީ އަނދައިގެން ގޮސްފައެވެ.

ގުޅުންހުރި ޚަބަރު