ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އުތުރު ކޮރެއާއިން ބަރު ހަތިޔާރު ރުކުރުވާލަނީ
ދުނިޔެ

އުތުރު ކޮރެއާއިން ބަރު ހަތިޔާރު ރުކުރުވާލަނީ

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެމެރިކާ އާއި ދެކުނު ކޮރެއާގެ ސިފައިންގެ ޙަރަކާތްތަކަށް ރައްދު ދިނުމުގެ ގޮތުން "ސްޕެޝަލް އެސެޓްސް" ތަކެއް ޑިޕްލޯއި ކުރުމަށް ނިންމިކަމަށް ހާމަކޮށްފިއެވެ. މިކަން އިޢުލާން ކުރެވުނީ ވޯކަރސް ޕާޓީ އޮފް ކޮރެއާގެ 80 ވަނަ އަހަރީ ދުވަހުގެ ކުރިން ޕިޔޮންގްޔަންގްގައި ބޭއްވި ހަތިޔާރުގެ މައުރަޒެއްގައެވެ. އެމެރިކާ އާއި ދެކުނު ކޮރެއާ އަދި ޖަޕާނުން ވޭތުވެދިޔަ މަހު ހިންގި ތިން ގައުމުގެ ސިފައިންގެ ތަމްރީނުތަކާ ގުޅިގެން ސަރަޙައްދުގައި ހަލަބޮލިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއިން މިކަން އިއުލާން ކުރީއެވެ. އެމެރިކާއިން ދެކުނު ކޮރެއާގައި 28،500 އަށްވުރެ ގިނަ ސިފައިން ބައިތިއްބާފައި ވެއެވެ. ދެކުނު ކޮރެއާގެ ޖާސޫސީ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އޮކްޓޯބަރު 10 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޙަފްލާގައި ހުވަސޯންގް-20 އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ފަދަ އައު ހަތިޔާރުތަކެއް ދައްކާލުމުގެ ފުރުސަތު ބޮޑެވެ. މީގެ އިތުރުން، އުތުރު ކޮރެއާއިން ރަޝިއާގެ ޔުކްރެއިން ހަނގުރާމައަށް ހަތިޔާރާއި މީހުން ފޯރުކޮށްދޭކަމަށް ވެސް ޖާސޫސީ ރިޕޯޓުތަކުން ދައްކައެވެ. އަދި ކިމް ޖޮންގް އުން ވަނީ މިފަހުން ބެއިޖިންގްގައި ބޭއްވުނު ސިފައިންގެ ޕެރޭޑެއްގައި ޝީ ޖިންޕިންގް އަދި ވްލަދިމިރް ޕުޓިންއާއެކު ބައިވެރިވެވަޑައިގެންފައެވެ. 2019 ގައި އުތުރު ކޮރެއާއިން ވަނީ އެގައުމަކީ "ބަދަލު ކޮށްނުލެވޭނެ" ނިއުކްލިއަރ ބާރެއްކަމަށް އިޢުލާން ކޮށްފައެވެ. އަދި އޭގެ ފަހުން އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު މަދުކުރުމާ ބެހޭ މަޝްވަރާތައް ދޫކޮށްލައި، ޔުރޭނިއަމް އުފެއްދުން އިތުރުކުރަމުންދާކަމަށްވެސް ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެއެވެ.

ގުޅުންހުރި ޚަބަރު