ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އޮޅު ކޮށްގެން ގެންގުޅު މިނިކާވަގު 2 މީހަކަށް ހަމަލަ ދިފި
ދުނިޔެ

އޮޅު ކޮށްގެން ގެންގުޅު މިނިކާވަގު 2 މީހަކަށް ހަމަލަ ދިފި

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
ތައިލެންޑްގެ ސޯޝަލް މީޑިއާ އިންފްލުއެންސަރެއް ކަމަށްވާ 32 އަހަރުގެ ޕަރިންޔާ ޕާކްޕޫމް ގޭގައި އޮޅުކޮށްގެން ގެންގުޅުނު މިނިކާވަގު ގެއިން ފިލައިގެން ނިކުމެ ބޯ ޕްލޯއި ސަރަހައްދުގެ ދެ ރައްޔިތަކަށް ހަމަލާދީފިއެވެ. މި ހާދިސާގައި 43 އަހަރުގެ ސަރަވުޓް ޓޮކާއޯ އާއި 11 އަހަރުގެ އާތިޓް ނުއެންގްނުއި އަށް ހަމަލާދީ، ބޮޑެތި އަނިޔާތަކެއް ކޮށްފައި ވެއެވެ. މި ހާދިސާއާ ގުޅިގެން ތައިލެންޑްގެ ނެޝަނަލް ޕާކްސް، ވައިލްޑްލައިފް އެންޑް ޕްލާންޓް ކޮންޒަވޭޝަން ޑިޕާޓްމަންޓުން ވަނީ ޕާކްޕޫމްގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅަން ނިންމާފައެވެ. އަދި އޮޅުކޮށްފައިވާ ނުރައްކާތެރި ޖަނަވާރުތައް މީހުންގެ ތެރެއަށް ދޫކޮށްލުމަކީ މަނާކަމެއް ކަމަށްވާތީ، އޭނާއަށް 6 މަސްދުވަހުގެ ޖަލު ޙުކުމެއް އަންނާނެ ކަމަށް ލަފާ ކުރެވެއެވެ. އަދި ސަރުކާރުން އެދިއްޖެނަމަ، ބައިލައްކަ ބާތުގެ ޖޫރިމަނާއެއް ވެސް ދެއްކިދާނެއެވެ. މި މިނިކާވަގު ވަނީ ހޭނައްތާލުމަށްފަހު ޖަނަވާރުތައް ބަލަހައްޓާ މަރުކަޒަކަށް ގެން ގޮސްފައެވެ. އަދި އަނބުރާ ވެރިފަރާތާ ހަވާލުނުކުރެވޭނެކަން ވަނީ ބުނެފައެވެ. މި ހާދިސާއާ ގުޅިގެން ތައިލެންޑްގައި އާންމުން ގޭގައި ވަލު ޖަނަވާރު ގެންގުޅުމާމެދު ބަހުސްތަކެއް އަލުން ފެށިފައި ވެއެވެ.

ގުޅުންހުރި ޚަބަރު