ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ޞުމޫދު ފުޅަނދުތަކުން ހައްޔަރު ކުރި މީހުންނަށް ޔަހޫދީން ޖިންސީ ގޯނާކޮށްފި
ދުނިޔެ

ޞުމޫދު ފުޅަނދުތަކުން ހައްޔަރު ކުރި މީހުންނަށް ޔަހޫދީން ޖިންސީ ގޯނާކޮށްފި

އއިބްރާހީމްް ސަމީރު6 އޮކްޓޯބަރު 2025
ޞުމޫދު ފުޅަނދުތަކުން ހައްޔަރު ކުރި މީހުންނަށް ޔަހޫދީން ޖިންސީ ގޯނާކޮށްފިކަމަށް އެފަރާތްތަކުން ބުނެފިއެވެ. ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދިޔަ ގްލޯބަލް ސުމޫދު ފްލޮޓިލާގެ 450 އެކްޓިވިސްޓުން 42 އުޅަނދުގައި ދަތުރު ކޮށްފައި ވެއެވެ. ޔަހޫދީ ޓެރަރިސްޓުން އެމީހުންގެ ތެރޭން ބައެއް މީހުން ވަގަށް ނަގައި ކަނޑުފޭރިގެންފައި ވަނީ ބައިނަލްއަގްވާމީ ސަރަހައްދުގައި ތިއްބައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި ސުވީޑަންގެ ތިމާވެށީގެ އެކްޓިވިސްޓް ގްރެޓާ ތަންބަރގް އަދި ނެލްސަން މަންޑޭލާގެ ކާފަ މަންޑްލާ މަންޑޭލާ ފަދަ ފާހަގަކޮށްލެވޭ ޝަހްސިއްޔަތުތައް ހިމެނެއެވެ. ޔަހޫދީ ޓެރަރިސްޓުން މިމީހުން ވަގަށް ނެގުމަށްފަހު ބައިތިއްބާފައި ތިބީ ކެޓްޒިއޯޓް ޖަލުގައެވެ. އެތާގައި ތިބި ވަގުތު ޔަހޫދީ ޓެރަރިސްޓް ސިފައިން އެމީހުންގެ ގަޔަށް އަތްފޯރުވައި ހެދި ކަމަށް ބުނެއެވެ. އަދި އޭގެ އިތުރުން އެމީހުންނަށް ބޭސްފަރުވާއަށް ބޭނުންވާ ބޭސް ނުދިނުމާއި، ނިދިން މަހުރޫމް ކުރުމާއި، ކުއްތާތަކުން ވައްވައްޖައްސުވައި ބިރުދެއްކުމާއި، އަދި ނަފްސާނީ ގޮތުން އަނިޔާކުރިކަމަށް ބުނެއެވެ. އަދި ވަކިން ޚާއްޞަކޮށް 86 އަހަރުގެ ދޮށީ އުމުރުގެ ނޭވާ ހިއްލާ މީހެއްގެ އަތުން އޭނާގެ އިންހޭލަރު ޖަހައިގަނެ އެ އިންހޭލަރު ބިންމަތީހައި ޖަހައި ތަޅާލި ކަމަށް އިޓަލީގެ ނޫސްވެރިޔާ ސަވޭރިއޯ ތޮމާސީ ބުނެފައިވެއެވެ. ޔަހޫދީންގެ ޓެރަރިސްޓް ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމާރު ބެން-ގްވިރު ވަނީ ޔަހޫދީންގެ ޖިންސީ ފުރައްސާރަ ކުރުން ދިފާއު ކޮށްފައެވެ. އޭނާ ބުނެފައިވަނީ ޞުމޫދު ފުޅަނދުގެ މީހުންނަޖކީ ޓެރަރިޒަމަށް ތާއީދުކުރާ ފަރާތްތަކެއް ކަމަށެވެ. އަދި އެފަދަ ފަރާތްތަކާ މެދު އެގޮތަށް ކަންކުރުން ހައްޤުވާނެ ކަމަށެވެ. ނަމަވެސް ދޮގު ހެދުމުގައި ވަރަށް ކުރީގައި އުޅޭ ޔަހޫދީންގެ ފޮރިން މިނިސްޓްރީން މި ތުހުމަތުތައް ދޮގުކޮށް، ހައްޔަރުކުރެވުނު ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރި ކަމަށް ބުނެފައިވެއެވެ. މި ހާދިސާއާ ގުޅިގެން ގްރީސް، ޓަރކީ، ކޮލޮމްބިއާ އަދި ޕާކިސްތާން ފަދަ ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ބާއްވަމުން ގެންދެއެވެ. މި ފްލޮޓިލާގެ މަޤްޞަދަކީ ހަނގުރާމައިގެ ސަބަބުން ބަނޑުހައިހޫނުކަމުގައި ދިރިއުޅެމުންދާ ޣައްޒާގެ ރައްޔިތުންނަށް ރަމްޒީ އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.

ގުޅުންހުރި ޚަބަރު