ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
ދެނެއް ހިތް ފުރެންދެން ކޯކު ބޯކަށް ނުލިބޭނެ
ދުނިޔެ

ދެނެއް ހިތް ފުރެންދެން ކޯކު ބޯކަށް ނުލިބޭނެ

އއިބްރާހީމްް ސަމީރު7 އޮކްޓޯބަރު 2025
ހަކުރު ބޭނުންކުރުން މަދުކުރުމަށް އަމާޒުކޮށްގެން އިނގިރޭސި ސަރުކާރުން ތަންފީޒު ކުރަން ފަށާފައިވާ އާ ގަވާއިދުތަކުގެ ދަށުން ކުރިން ރެސްޓޯރެންޓްތަކުން ބޭނުން ވަރަކަށް ހިލޭ ކޯކު ބޯން ލިބޭ އުސޫލު މިހާރު ނިމުމަކަށް އައިސްފިއެވެ. އާދައިގެ ހަކުރި އެޅި ކޯކު މިހާރު ލިބޭނީ މީހަކަށް އެންމެ ތަށްޓެކެވެ. ނަމަވެސް ހަކުރު ނުހިމެނޭ ކަމަށް ބުނާ ޒީރޯ ބާވަތުގެ ކޯކްއާއި ފެންޓާ ފަދަ ބުއިންތައް ކޮންޓްރޯލެއް ނެތި ލިބޭނެއެވެ. ކުރިން ހައްދެއް ނެތް މިންވަރަށް ކޮންމެ އޯޑަރަކަށް 'ބޮޓޮމްލެސް' ޑްރިންކް އޮޕްޝަން އަށް މަޝްހޫރު ރެސްޓޯރެންޓްތައް ކަމަށްވާ ނަންޑޯސްއާއި ޕެރީ-ޕެރީ ޗިކަން ޗެއިން، ފައިވް ގައިސް، ޓޯބީ ކާވަރީ، ހާވެސްޓާ، ޕިއްޒާ ހަޓް އަދި ބާގަރ ކިންގް ފަދަ ތަންތަނުން މިހާރު ވަނީ ކޮންމެ ކަސްޓަމަރަކަށް ލިބޭނީ އެންމެ ކޯކެއް ކަމަށް ބުނެ އިއުލާން ހިތްޕާފައެވެ. އެތަންތަނުން ބުނެފައި ވަނީ މި އިއުލާން ހިތްޕާފައި ވަނީ 'ސަރުކާރުގެ އާ ގަވާއިދުތަކަށް ބިނާކޮށް،" ކަމަށެވެ. މި ފިޔަވަޅާއެކު މިސްމީޑިއާގައި މީހުން ވަނީ ނުރުހުމުގ ޝުއުރުތައް ބަންޑުން ކޮށްލާފައެވެ. ބައެއް މީހުން ބުނެފައި ވަނީ ލަވައި ކާން ދޭ ސަރުކާރަށް މަރުޙަބާ! އަނެކަކު ބުނެފައި ވަނީ މިހާރު ބޯ ލިބޭ ބުއިންކޮޅު ވެސް ޖޯކަކަށް ވެއްޖެ ކަމަށެވެ. މި ބަދަލަކީ ކުރިން ހެލްތު ސެކްރެޓަރީ މެޓް ހެންކޮކްގެ އިރުޝާދުގެ ދަށުން 2021 ވަނަ އަހަރުން ފެށިގެން މަޑުމަޑުން ތައާރަފްކުރި އިނގިރޭސިންނަށް ޖެހިފައިވާ ފަލަ ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. މި އާ ގަވާއިދުތަކެއް ތަންފީޒު ކުރަން ފެށުމާއެކު ސަރުބީ ހިމެނޭ، ހަކުރު ނުވަތަ ލޮނު ގިނައިން ހުންނަ ކާނާގެ ޕްރޮމޯޝަންތަކުގެ އިތުރުން ރެސްޓޯރެންޓްތަކާއި ކެފޭތަކުގައި ހަކުރު އެކުލެވޭ ސޮފްޓް ޑްރިންކްތައް ހިލޭ މީހުންނަށް ގިނައިން ދިނުންވެސް ވަނީ މަނާކޮށްފައެވެ. މި ސިޔާސަތުތަކުގެ މަގުސަދަކީ އިނގިރޭސިވިލާތުގައި އިތުރު ވަމުން އަންނަ ފަލަވުމުގެ މައްސަލަތަކާ ކުރިމަތިލުމެވެ. އިނގިރޭސިވިލާތުގައި ބޮޑެތި މީހުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް ވުރެ ގިނަ މީހުންނާއި ހަ އަހަރުގެ ދަރިވަރުންގެ ފަސްބައިކުޅަ އެއްބައި ދަރިވަރުން މިހާރު ގިންތި ކުރެވެނީ ފަލަ މީހުންގެ ގޮތުގަ އެވެ.

ގުޅުންހުރި ޚަބަރު