ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމެރިކާގައި އުދުހޭ ޓެކްސީ ދައްކާލައިފި
ދުނިޔެ

އެމެރިކާގައި އުދުހޭ ޓެކްސީ ދައްކާލައިފި

އއިބްރާހީމްް ސަމީރު7 އޮކްޓޯބަރު 2025
އެމެރިކާ މީހުންނަށް ފުރަތަމަ ފަހަރަށް އުދުހޭ ޓެކްސީއެއް ދައްކާލައިފިއެވެ. އުދުހޭ ޓެކްސިއަކީ، ރަށު ތެރޭގައި އޮލަނބަށް މައްޗަށް އުދުހިދާ އުޅަނދުތަކެވެ. އިލެކްޓްރިކް ވަރޓިކަލް ޓޭކްއޮފް އެންޑް ލޭންޑިންގ (އީވީޓީއޯއެލް) އުޅަނދުފަހަރު އެމެރިކާ މީހުންނަށް އަދި ކިރިޔާ މި ފެނުނީ އެވެ. ޗައިނާއާއި ޖަރުމަންވިލާތާއި ޔޫއޭއީގައި މި ބާވަތުގެ އުޅަނދު ފެނެއެވެ. އަދި އެފްރިކާގައިވެސް ޗައިނާއިން މި ބާވަތުގެ އުޅަނދު ޓެސްޓް ކޮށްފައި ވެއވެ. މިއީ ކުރު ރާސްތާއަށް އަވަހަށް ދަތުރު ކުރުމަށް ވައިގެ ދަތުރުފަތުރުގެ އާ ޒަމާނެއްގެ ފެށުމެކެވެ. ޖޮބީ އޭވިއޭޝަން އަދި ވޮލޮކޮޕްޓަރ އިން ދެއްކި މި ޓެސްޓް ފްލައިޓްތަކުގައި، ގަޑިއަކު 200 މޭލުގެ ބާރު މިނުގައި 100 މޭލުގެ ރާސްތާއެއް ކަޑައްތު ކޮށްދެއެވެ. މި އުޅަނދުތަކަކީ ބެޓެރީން ހަކަތަ ލިބިގަނެގެން ދުއްވޭ، އަޑުމަޑު އުޅަނދުތަކެކެވެ. ވޮލޮކޮޕްޓަރގެ އުޅަނދުގައި 18 ބުރަފަތި ހަރުކޮށްފައި ވެއެވެ. އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ހުއްދަ ލިބުމުން، ކުރިއަށް އޮތް 2 އަހަރުގެ ތެރޭގައި މި ކުންފުނިތަކުން ފަސިންޖަރުން އުފުލުމުގެ ޚިދުމަތް ފެށުމަށް ވަނީ ރާވާފައެވެ. މި ޓެކްނޮލޮޖީއަށް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ލިބި، އޫބަރ ފަދަ ބޮޑެތި ކުންފުނިތަކާއެކު ވިޔަފާރީގެ ގުޅުން ޤާއިމްކޮށްފައި ވެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން ސިޓީތަކުގެ އެތެރޭގެ ޓްރެފިކް މައްސަލަ ޙައްލުވެ، ތިމާވެށްޓަށް ކުރާ އަސަރު ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.

ގުޅުންހުރި ޚަބަރު