ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އިންޑިއާގެ އުއްތަމަ ފަނޑިޔާރަށް ވަކީލު ހަމަލަ ދިނީ ކީއްވެ؟
ދުނިޔެ

އިންޑިއާގެ އުއްތަމަ ފަނޑިޔާރަށް ވަކީލު ހަމަލަ ދިނީ ކީއްވެ؟

އއިބްރާހީމްް ސަމީރު7 އޮކްޓޯބަރު 2025
އިންޑިއާގެ އުއްތަމަ ފަނޑިޔާރު ބީއާރު ގަވާއިއަށް ޝަރިއަތުގެ މަޖިލީހުގައި ބޫޓު ކިބައިން ހަމަލާދޭން އުޅުމާ ގުޅިގެން އިންޑިއާގެ ބާ ކައުންސިލުން ވަނީ އެޑްވޮކޭޓް ރާކޭޝް ކިޝޯރުގެ ލައިސަންސް ވަގުތުން ސަސްޕެންޑްކޮށްފަ އެވެ. ކޯޓު ތެރޭގައި އުއްތަމަ ފަނޑިޔާރަށް ހަމަލަ ދޭން މަސައްކަތް ކުރުމުން ކިޝޯރަށް އިތުރު ޑިސިޕްލިނަރީ ފިޔަވަޅު އަޅަންދެން މުޅި އިންޑިއާގެ އެއްވެސް ކޯޓެއްގައި، ޓްރައިބިއުނަލެއްގައި ނުވަތަ ގާނޫނީ ބާރެއްގައި އޭނާއަށް ޕްރެކްޓިސް ކުރުން މަނާ ވެގެން ވެއެވެ. އޭނާއަށް ވަނީ ޗިޓް ފޮނުވާފައެވެ. އަދި ވަކީލަށް ޗިޓް ލިބޭތާ 15 ދުވަސް ތެރޭގައި ޖަވާބުދާރީވާން ޖެހޭނެ ކަމަށާއި، ސަސްޕެންޝަން ކުރިއަށް ގެންދަން ނުޖެހޭ ސަބަބާއި އިތުރު ފިޔަވަޅު އަޅަން ނުޖެހޭ ސަބަބުތައް ކިޔައިދޭން ޖެހޭނެއެވެ. އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޮދީވެސް ވަނީ ކިޝޯރުގެ އަމަލު ކުށްވެރި ކުރައްވާފައެވެ. އޭނާ އުއްތަމައަށް ހަމަލަ ދޭން އުޅުނީ ކުރީ ދުވަހެއްގައި ޝަރިއަތުގެ މަޖިލީހުގައި އިބްރާހީމްގެފާނުގެ ތިއަރީ ބޭނުން ކުރެއްވުމުންނެވެ.  އުއްތަމަ ފަނޑިޔާރު ވަކީލަށް ވިދާޅުވީ "ބުދު ކައިރިއަށް ގޮސް ބުދު ކައިރިން ތިޔަ ވާހަކަ އަހަންވީ ނޫން ތޯ" އެވެ.  

ގުޅުންހުރި ޚަބަރު