ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
7 އޮކްޓޯބަރު: ޔަހޫދީންގެ ލޮލުން ނިދި ނިގުޅައިގަތް ދުވަސް
ދުނިޔެ

7 އޮކްޓޯބަރު: ޔަހޫދީންގެ ލޮލުން ނިދި ނިގުޅައިގަތް ދުވަސް

އއިބްރާހީމްް ސަމީރު7 އޮކްޓޯބަރު 2025
ހަމާސް އިން ފަލަސްޠީނުގެ މިނިވަންކަމަށް 7 އޮކްޓޯބަރު 2023 ގައި ޔަހޫދީ ޒަޔަނިސްޓު އަދުއްވުންނާ ދެކޮޅަށް ދީފައި ވަނީ އަރަބިން މިހާތަނަށް އިޒްރޭލަށް ދުވަހަކުވެސް ދީފައި ނުވާ ވަރުގެ ވަރުގަދަ ހަމަލައެކެވެ. އެއަށްފަހު ޔަހޫދީން ހިންގާ ޓެރަރިސްޓް އަމަލުތަކަށާއި ޖެނޮސައިޑް ހިންގަމުން ގެންދަނީ އެމެރިކާއިން ފުރިހަމައަށް ތާއީދުދީ މާލީ އެހީތެރިކަން ދީގެންނެވެ. ޔަހޫދީ ޒަޔަނިސްޓުންގެ ޖެނޮސައިޑް ޕްރޮޖެކްޓަށް އެމެރިކާއިން ވަނީ 21.7 ބިލިއަން ޑޮލަރު ހޭދަ ކޮށްފައެވެ. މުހައްލިލުން އިއްތިފާގުވާ ގޮތުގައި އެމެރިކާގެ ވާގިވެރިކަމާއި މާލީ އެހީތެރިކަމާއެކުގައި މެނުވީ ޔަހޫދީންނަށް މިވަރުގެ ޖެނޮސައިޑެއް ކުރިއަށް ނުގެންދެވުނީހެވެ. ބްރައުން ޔުނިވާސިޓީގެ ކޯސް އޮފް ވަރ ޕްރޮޖެކްޓުން ވަނީ ޔަހޫދީންގެ ޖެނޮސައިޑަށް އެމެރިކާއިން ވެދީފައިވާ އެހީތެރިކަން ހިސާބުކޮށްފައެވެ. މިއީ އެމެރިކާއިން ޖެނޮސައިޑަށް ސަޕޯޓުކޮށް ސަލާމަތީ މަޖިލީހުގައި ވޯޓުލީ ކޮންމެ ފަހަރަކު ނޫނީ އިޒްރޭލާ ދެކޮޅު ފިޔަވަޅުތައް ވީޓޯ ކުރި ކޮންމެ ފަހަރަކު އަތް ނަގާފައިވާ މީހުންނެވެ. އެއަށްފަހު ޔަހޫދީން ހިންގާ ޓެރަރިސްޓް އަމަލުތަކަށާއި ޖެނޮސައިޑް ހިންގަމުން ގެންދަނީ އެމެރިކާއިން ފުރިހަމައަށް ތާއީދުދީ މާލީ އެހީތެރިކަން ދީގެންނެވެ.

ގުޅުންހުރި ޚަބަރު