ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
ﷲއަށް އިހާނެތި ބަސް ރައްދު ކުރި މޮރޮކޯ މީހާ 6 މަހަށް ޖަލަށް
ދުނިޔެ

ﷲއަށް އިހާނެތި ބަސް ރައްދު ކުރި މޮރޮކޯ މީހާ 6 މަހަށް ޖަލަށް

އއިބްރާހީމްް ސަމީރު8 އޮކްޓޯބަރު 2025
އަންހެނުންގެ ހައްގަށް ވާހަކަ ދައްކާ މޮރޮކޯގެ އެކްޓިވިސްޓެއް ކަމަށްވާ އިބްތިސާމު ލަޝްގަރު ﷲއަށް އިހާނެތި ބަސްތައް ރައްދުކޮށްފައިވާ ޓީޝާޓެއް ލައިގެން ގޮތް ދެއްކުމުން އޭނާ 6 މަހަށް ޖަލަށް ލާން ޙުކުމް ކޮށްފިއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އޮގަސްޓް މަހު އެވެ. އެއިރު އޭނާ ލައިގެން ހުރި ޓީޝާޓްގައި ޢަރަބި ބަހުން "الله" ލިޔެފައި ތިރީގައި އިހާނެތި ބަސްތައް އިނގިރޭސިން ލިޔެފައި އޮތެވެ. މިމީހާއަކީ އަންހެނުންގެ ހައްގަށް ވާހަކަ ދައްކަން މަޝްހޫރު އުމުރުން 50 އަހަރުގެ ކްލިނިކަލް ސައިކޮލޮޖިސްޓެކެވެ. މިދިޔަ މަހު އޭނާ ފުރަތަމަ ހައްޔަރު ކުރުމަށްފަހު  30 މަސް ދުވަހަށް ޖަލަށް ލާން ޙުކުމްކޮށް 50،000 ދިރުހަމް (5،500 ޑޮލަރު) އިން ޖޫރިމަނާކޮށްފައި އެވެ. ފަހުން މަތީ ކޯޓުން ވަނީ 30 ދުވަސް 6 މަހަށް ބަދަލުކޮށްފައެވެ.

ގުޅުންހުރި ޚަބަރު