ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޙަމާސްއިން ފަލސްޠީނާއި ދުނިޔޭގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފި
ދުނިޔެ

ޙަމާސްއިން ފަލސްޠީނާއި ދުނިޔޭގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފި

އއިބްރާހީމްް ސަމީރު9 އޮކްޓޯބަރު 2025
ހަމާސް އިން ނެރުނު ރަސްމީ ބަޔާނެއްގައި، ބުނެފައި ވަނީ ޝަރަމއްޝައިޚުގައި ކުރެވުނު މަޝްވަރާތައް ކުރިއަށް ގެންދެވިފައިވަނީ ޒިންމާދާރު އަދި ސީރިއަސް ގޮތެއްގައި ކަމަށެވެ.  މި މަޝްވަރާތަކުގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ "ޖެނޮސައިޑް ހަނގުރާމަ" ނިންމުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި އިސްނެގުމުގައި ހަމާސްގެ ވަފުދާއި ފަލަސްތީނު ގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތާއެކު ޤަތަރާއި މިސްރުން އަދި ތުރުކީން ބައިވެރިވެފައިވެއެވެ. ހަމާސްއިން ވަނީ ޤަތަރު، މިސްރު އަދި ތުރުކީގެ މެދުވެރިންގެ މަސައްކަތްތަކަށް މަތީ ދަރަޖައިގެ ޝުކުރެއް އަދާކޮށްފައެވެ. އަދި ޖެނޮސައިޑް ހަނގުރާމަ ނިމުމަކަށް ގެނެސް، އިސްރާއީލީ ޓެރަރިސްޓް ސިފައިން ޣައްޒާއިން ބޭލުމަށް އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވި މަސައްކަތްތަކަށް ޝުކުރުއަދާ ކޮށްފައެވެ. އެއްބަސްވުމުގެ ހުރިހާ މާއްދާތަކެއް ތަންފީޒުކުރުމަށް އިސްރާއީލަށް މަޖުބޫރުކުރުމަށް ރައީސް ޓްރަމްޕް އަދި އެއްބަސްވުމުގެ ގެރެންޓަރު ޤައުމުތަކުގައި ހަމާސްއިން ވަނީ އެދިފައެވެ. އަދި އެއްބަސްވެވުނު ކަންކަމުން އެއްކިބާވެ، ލަސްކުރުމުގެ ފުރުސަތު އިސްރާއީލަށް ނުދިނުމަށް ވެސް އެދިފައިވެއެވެ. ހަމާސްއިން ވަނީ ޣައްޒާ، ޤުދުސް، ހުޅަނގު އައްސޭރި އަދި ފަލަސްޠީނުގެ ވަޠަނުގެ އެތެރެއާއި ބޭރުގައިވާ ފަލަސްތީނު ރައްޔިތުންނަށް އެމީހުންގެ ހެޔޮއެދުންތައް ފޮނުވާފައެވެ. އަދި ޔަހޫދީ އިސްތިއުމާރީ ފޭޝިސްޓް މަޝްރޫޢުތަކާ ދެކޮޅަށް ފަލަސްޠީނާއި ދުނިޔޭގެ ރައްޔިތުން ދެއްކި ހިތްވަރާއި ސާބިތުކަމަށް ތަޢުރީފުކޮށްފައިވެއެވެ. އަދި ފަލަސްޠީނު މީޙުންގެ ޤުރުބާނީތަކުގެ ސަބަބުން ޔަހޫދީ އިސްތިއުމާރުގެ ދަށަށް ފަލަސްޠީނު ގެންދިއުމަށް ކުރެވޭ  ރޭވުންތައް ނާކާމިޔާބުވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ ޤުރުބާނީތައް ބޭކާރުނުވާނެ ކަމަށާއި، މިނިވަންކަމާއި މުސްތަޤިއްލުކަން އަދި އަމިއްލަ އަށް ކަންކަން ނިންމުމުގެ ޙައްޤު ހޯދެންދެން ފަލަސްޠީނުގެ ރައްޔިތުންގެ ޤައުމީ ޙައްޤުތަކުން އެންމެ އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެ ކަމުގެ ޔަގީންކަން ހަމާސްއިން ދީފައި ވެއެވެ.

ގުޅުންހުރި ޚަބަރު