ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
އިންޑިއާއިން އުފައްދާ މަތިންދާބޯޓު އިޝްތިހާރު ކުރަނީ
ދުނިޔެ

އިންޑިއާއިން އުފައްދާ މަތިންދާބޯޓު އިޝްތިހާރު ކުރަނީ

އއިބްރާހީމްް ސަމީރު16 ސެޕްޓެމްބަރު 2024
ޖޯދްޕޫރު- އިންޑިއާއިން އަމިއްލައަށް އުފެއްދި އަސްކަރީ މަތިންދާބޯޓު ލައިޓް ކޮމްބެޓް އެއާކްރާފްޓް ތޭޖާސް މަތިންދާބޯޓުގައި އިންޑިއާގެ ކަނޑާއި އެއްގަމާއި ވައިގެ ސިފައިންގެ ވެރިން އުދުހިއްޖެއެވެ. މިމަހުގެ ނުވަވަނަ ދުވަހު ބާއްވާފައިވާ މި ހަރަކާތަކީ، ސިފައިންގެ ހުރިހައި ގޮއްޕެއް ގުޅިގެން މަސައްކަތް ކުރެވޭގޮތް ރަމްޒުކޮށްދިނުމަށް ބޭއްވި ހަރަކާތެކެވެ. ތޭޖާސްއަކީ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑުން އުފައްދާ އެއް ސީޓާއި ދެ ސީޓުގެ މަތިންދާބޯޓުތަކެކެވެ. މި ބޯޓުތަކުގައި މިހާރު ބޭނުން ކުރުމަށް ނިންމާފައި ވަނީ އެމެރިކާއިން އުފައްދާ އަސްކަރީ މަތިންދާބޯޓުގައި ބޭނުންކުރާ ވައްތަރުގެ އިންޖީނެވެ. އިންޑިއާގެ ތިން ބާރުގެ ސިފައިން ތޭޖާސް މަތިންދާބޯޓުގައި އުދުހިފައި ވަނީ، ބައިނަލްއަޤްވާމީ ސިފައިންގެ ލަޝްކަރަކާއެކު އިންޑިއާގެ ވައިގެ ސިފައިން ކުރިއަށް ގެންދިޔަ އެކްސަސައިޒް ތަރަންގް ޝަކްތީ  2024 ގެ ބައެއްގެ ގޮތުގައެވެ. މި ތަމްރީނަކީ، އެކިޤައުމުތަކުގެ ސިފައިންނާ ގުޅިގެން ހަރަކާތްތެރި ވުމުގައި އިންޓައޮޕަރޭބިލިޓީ އާއި އޮޕަރޭޝަނަލް ކޯޑިނޭޝަން ރަނގަޅު ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންގޮސްފައިވާ ޖޯދުޕޫރުގައި ބޭއްވި މަލްޓިނޭޝަނަލް އެކްސަސައިޒެކެވެ. އިންޑިއާއިން މަސައްކަތް ކުރަމުންދަނީ އެހެން ޤައުމުތަކަށް ތޭޖާސް މަތިންދާބޯޓު ވިއްކާށެވެ. މިއީ ދިފާޢީ ބޭނުންތަކާއި ދިފާޢީ މަތިންދާބޯޓަށް  ޕައިލެޓުން ތަމްރީނު ކުރުމަށް ބޭނުންކުރާ މަތިންދާ ބޯޓެކެވެ. މި މަތިންދާބޯޓު ފަރުމާ ކޮށްފައި ވަނީ، އިންޑިއާގެ އެރޮނޮޓިކަލް ޑިޒައިން އެޖެންސީ (އޭޑީއޭ) އިން ނެވެ. މި ފައިޓާ ޖެޓަކީ، އިންޑިއާގެ ވައިގެ ސިފައިންނަށް ބޭނުންވާ ޝަރުތުތައް ފުރިހަމަ ކުރުމަށާއި ބޭރުގެ އިމްޕޯޓަށް ބަރޯސާވުން ކުޑަކުރުމަށް ތައްޔާރުކޮށްފައިވާ ޖެޓެކެވެ. ފާއިތުވި 70 އަހަރު ތެރޭގައި އިންޑިއާގެ ދިފާޢީ އުފެއްދުމުގެ މައިގަނޑު އަމާޒަކީ، ސިފައިންނަށް ބޭނުންވާ ހަތިޔާރު އިންޑިއާގައި އަމިއްލައަށް އުފެއްދުމާއެކު ބޭރުގެ ހަތިޔާރު ގަތުމަށް ބަރޯސާވުން ކުޑަ ކުރުމެވެ.

ގުޅުންހުރި ޚަބަރު