ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އަނބިމީހާ ރޭޕް ކުރުމުގެ ޝަރީއަތް
ދުނިޔެ

އަނބިމީހާ ރޭޕް ކުރުމުގެ ޝަރީއަތް

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
މަސްތުގެ ހާލަތުގައި އަންހެނުން ބާއްވައިގެން 20 އަހަރު ދުވަސްވަންދެން އެހެން ފިރިހެނުން ލައްވައި އަނބިމީހާ ރޭޕް ކުރުވި ފިރިމީހާގެ ބައިވެރިއަކަށް 12 އަހަރުގެ ޖަލު ޙުކުމެއް ކުރުމަށް ފްރާންސްގެ ޕްރޮސެކިއުޓަރުން އެދިއްޖެއެވެ. މި މައްސަލައަކީ މުޅި ޤައުމުގެ ސަމާލުކަން ލިބި، ދުނިޔޭގެ ކަންކޮޅުތަކުގައި މީހުންގެ އެދުންވެރިކަން ބޭޒާރުކޮށްފައިވާ މައްސަލައެކެވެ. ނީމްސް ސިޓީގައި ބޭއްވި އަޑުއެހުމުގައި ޕެލިކޯ ވަނީ ޖިންސީ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ކޯޓު އަޑުއެހުންތައް އާންމުކޮށް ހުޅުވާލައި، ކުށްވެރިން ލަދު ގެންނެވުމަށް އެދިފައެވެ. މި މައްސަލައިގެ އިސްތިއުނާފު ޝަރީޢަތް ނިންމާނީ 5 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ ތަހުކީމް ކޮމިޓީ އަކުންނެވެ. ކުރީގެ ޝަރީޢަތުގައި އެހެން 49 މީހުންނަށް 3 އަހަރާއި 15 އަހަރާ ދެމެދުގެ ޙުކުމްތައް ކުރެވިފައިވެއެވެ. އަދި މި އަނިޔާތައް ރާވައި ހިންގި ޑޮމިނިކް ޕެލިކޯއަށް ވަކި ޙުކުމެއް ކޮށްފައެވެ. އަނބިމީހާ ރޭޕް ކުރުވި ފިރިމީހާއަކީ އުމުރުން 71 އަހަރުގެ ޑޮމިނިކް ޕެލިކޯ އެވެ. ޕެލިކޯގެ އަންހެނުން، ގިސެލް ޕެލިކޯ ރޭޕްކޮށްފައިވަނީ، އުމުރުން 24 އަހަރާއި 71 އަހަރާ ދެމެދުގެ 50 މުޖުރިމުން ފައިސާ ދީގެން އެކި ފަހަރު މަތިންނެވެ. މި ޖަރީމާ ހިންގާއިރު ފިރިމީހާ ޕެލިކޯ އިންނަނީ ބަލަހައްޓައިގެންނެވެ. 2011 އިން 2020ށް އަންހެނުން ރޭޕްކުރުވިކަމަށް ޕެލިކޯ ވަނީ ޝަރީޢަތުގެ މަޖިލީހުގައި އެއްބަސްވެފައެވެ. ޕެލިކޯގެ ޖަރީމާ ބޭޒާރުވީ މޯލްއެއްގައި އަންހެނުންގެ ސްކާޓުތައް ވީޑިއޯ ކުރަމުން ދިއުމުން ލިބުނު ޝަކުވާއަކާ ގުޅިގެން ފުލުހުން ހިންގި ތަޙުޤީޤަކުންނެވެ. އޭނާގެ ގެއިން ފުލުހުން ހޯދައިގަތް ތަކެތީގެ ތެރޭގައި ޕެލިކޯ ކޮންމެ ދުވަހަކު އަންހެނުން ރޭޕް ކުރުވުމަށް ދައުވަތު ދިން ކަސްޓަމަރުންގެ ނަންތަކާއި ވީޑިއޯތައް ފުލުހުންނަށް ފެނިފައި ވެއެވެ. މި ދެމަފިރިންގެ އަންހެން ކުއްޖަކު ހުރެއެވެ. 45 އަހަރުގެ އެ ދަރިފުޅު ބުނެފައިވަނީ އޭނާގެ މުޖުރިމު ބައްޕައަކީ ފްރާންސް ދުށް އެންމެ ނުބައި ނުލަފާ ޖިންސީ ޖަރީމާ ހިންގާފައިވާ މީހާ ކަމަށެވެ. (ފޮޓޯގައި ދެމައިން)

ގުޅުންހުރި ޚަބަރު