ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
އިންޑިއާ އިން ޕާކިސްތާނަށް ރައްދު ދީފި
ދުނިޔެ

އިންޑިއާ އިން ޕާކިސްތާނަށް ރައްދު ދީފި

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
އދ. ޖަމްޢިއްޔާގައި އިންޑިއާއިން ވަނީ ޕާކިސްތާނަށް ވަރަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. މިގޮތުން އިންޑިއާއިން ވަނީ ޕާކިސްތާނުން އެގައުމުގެ އަމިއްލަ ރައްޔިތުންނަށް ބޮން އަޅަމުންދާ ކަމަށާއި، ސިސްޓަމެޓިކްކޮށް ދަރިފަސްކޮޅު ނައްތަމުންދާ ކަމަށް ތުހުމަތުކޮށްފައެވެ. މި ފާޑުކިޔުންތައް އައިސްފައިވަނީ އިންސާނީ ޙައްޤުތަކާއި ސަރަޙައްދީ ހަމަޖެހުމާ ގުޅޭގޮތުން ބޭއްވުނު މަތީ ފެންވަރުގެ ބަހުސެއްގައެވެ. އިންޑިއާގެ ބަހުރުވައިން ޕާކިސްތާނުގެ ޢަމަލުތަކަކީ "ދައުލަތުން ރޭވިގެން ހިންގާ އަނިޔާވެރިކަންކަން" ކަމަށް ބުނެ، ގަބީލާ ސަރަޙައްދުތަކުގައި ވައިގެ ހަމަލަތައް ދިނުމާއި މީހުން ގަދަކަމުން ނިޒާމުން ގެއްލުވާލަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި މިއީ ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކެއް ނޫންކަމަށާއި، ސިޔާސީ ދެކޮޅުވެރިކަން ނައްތާލުމަށް ކުރާ މަސައްކަތްތަކެއް ކަމަށް އިންޑިއާއިން ބުނެފައިވެއެވެ. އިންޑިއާއިން ވަނީ ޕާކިސްތާނުން ހަރުކަށި ފިކުރުގެ ޖަމާޢަތްތަކަށް ހިޔާވަހިކަން ދޭކަމަށް ވެސް ތުހުމަތުކޮށް، މިއީ ސަރަޙައްދީ ސުލްޙައަށް ނުރައްކަލެއް ކަމަށް ފާހަގަކޮށްފައިވެެއެވެ. އަދި ޓެރަރިޒަމަކީ ޑިޕްލޮމަސީގެ ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރެވޭނެ އެއްޗެއްނޫން ކަމަށް ބުނެ، ޕާކިސްތާނާމެދު ފިޔަވަޅު އެޅުމަށް ގޮވާލާފައިވެއެވެ. މި މައްސަލައާ ގުޅިގެން ޕާކިސްތާނުން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވިނަމަވެސް، މީގެ ކުރިން މިފަދަ ތުހުމަތުތަކަށް ރައްދު ދެމުން އައިސްފައިވަނީ މިއީ ސިޔާސީ މަޤްޞަދުތަކެއް ހާސިލުކުރުމަށް އިންޑިއާއިން ކުރާ ތުހުމަތުތަކެއް ކަމަށް ބުނެއެވެ. މި އީ ނިއުކްލިއަރ ބާރުވެރި އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައި ހުރި ހަރުކަށިކަމަށް އިތުރު ހޫނުކަމެއް ގެނެސްދޭ ކަމެކެވެ.

ގުޅުންހުރި ޚަބަރު