ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޓޯނީ ބްލެއަރއަށް މާގިނައިން ފައިސާ ދެނީ ކާކު؟
ދުނިޔެ

ޓޯނީ ބްލެއަރއަށް މާގިނައިން ފައިސާ ދެނީ ކާކު؟

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރގެ އިންސްޓިޓިއުޓުން 2024 ވަނަ އަހަރު މުވައްޒަފުންގެ މުސާރައަށް 100 މިލިއަން ޑޮލަރާ ގާތްކުރާ އަދަދެއް ޚަރަދުކޮށްފައިވާތީ އޭނާއަށް އެހާ ގިނައިން ފައިސާ ލިބޭ ގޮތާމެދު ސުވާލު އުފައްދައިފިއެވެ. މިއީ ބްލެއަރގެ އިންސްޓިއުޓު ފެންވަރުގެ އެހެން ތަންތަނަށް ލިބޭ ފައިސާއަށް ވުރެން މާގިނަ އަދަދެއްކަމަށް ޝައްކު ކުރާ ފަރާތްތަކުން ބުނެއެވެ. ގްލޯބަލް ގަވަރނަންސް އަދި ޑިޖިޓަލް އައިޑީ ސިސްޓަމްތައް ކުރިއެރުވުމަށް މަސައްކަތްކުރާ ބްލެއަރގެ އިންސްޓިޓިއުޓަށް ފާއިތުވި އަހަރު 120 މިލިއަން ޕައުންޑުގެ މާލީ އެހީތެރިކަން ލިބިފައިވެއެވެ. މީގެ ތެރޭގައި ޖެފްސީ އެޕްސްޓެއިންގެ ރިސޯޓުގައި ޝައްކު އުފެދޭ ބޭއަދަބީ ކަންކަމުގައި އުޅުނު ބިލް ގޭޓްސްގެ ގޭޓްސް ފައުންޑޭޝަން، ޔޫއެން ޑިވެލޮޕްމަންޓް ޕްރޮގްރާމް، އަދި އިޒްރޭލުގެ އެންމެ ބޮޑު ސަޕޯޓަރު ކަމަށްވާ އޮރަކަލްގެ ބާނީ ޔަހޫދީ ލެރީ އެލިސަން ހިމެނެއެވެ. މި ފައިސާގެ އެހީގައި އެ އިންސްޓިޓިއުޓުން މުޅިން އަލަށް އަށް ގައުމަކަށް ހަރަކާތް ފުޅާކޮށްފައި ވެއެވެ. ބްލެއަރ އަކީ އިރާގްގައި އެމެރިކާއާއި އިނގިރޭސިން ހިންގި ހަނގުރާމައިގެ ޖަރީމާތައް ކަމަށް ބެލެވޭ ޖަރީމާތަކުގައި ބައިވެރިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މީހެކެވެ. ބްލެއަރގެ އިންޓިއުތްގެ މާލީ މުއާމަލާތްތަކާ މެދު ޝައްކު އުފެދުނީ އެއް ޑިރެކްޓަރަކަށް 1.3 މިލިއަން ޑޮލަރުގެ މުސާރަ ދީފައިވާކަން އެނގުމުންނެވެ. ނަމަވެސް ބްލެއަރ އަމިއްލައަށް މި އިންސްޓިޓިއުޓުން މުސާރައެއް ނުނަގައެވެ. އިތުރު ކުރިއެރުމެއްގެ ގޮތުން، ބްލެއަރ ވަނީ ޣައްޒާ ހިންގަން ޓްރަމްޕް އުފައްދާ ޚިޔާލީ ބޯޑް އޮފް ޕީސްގައި ހިމެނިގެން ޣައްޒާގެ އިސްތިއުމާލީ ވެރިޔާގެ މަގާމު ހޯދުމަށްވެސް ނިންމާފައެވެ.

ގުޅުންހުރި ޚަބަރު