ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ހެރީ ޕޮޓާގެ ސިލްސިލާ ފެށުމަށް ތައްޔާރު ވަނީ
ދުނިޔެ

ހެރީ ޕޮޓާގެ ސިލްސިލާ ފެށުމަށް ތައްޔާރު ވަނީ

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
އެޗްބީއޯއިން 2027 ގައި ފޮނުވަން ހަމަޖެހިފައިވާ ހެރީ ޕޮޓަރ ސިލްސިލާގެ ޓީވީ ޝޯއަށް ޔޫކޭގެ ހަރޓްފޯޑްޝަޔަރގައި ޖާދޫވީ ރަށެއް ބިނާ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ސިލްސިލާގައި ހެރީ ޕޮޓަރގެ ރޯލް އަދާކުރާނީ ޑޮމިނިކް މެކްލޯލިން އެވެ. އަދި ޑަމްބަލްޑޯގެ ރޯލް އަދާކުރާނީ ޖޯން ލިތްގޯއެވެ. ސެޓްގައި ހިމެނެނީ ފުރާޅުގައި ވިނަ ފަޅާފައިވާ ގެއަކާއި، ހޮގްވޯޓްސްގެ ހަރބޮލޮޖީ ކްލާހާ އެއްގޮތް ގްރީން ހައުސްއަކާއި، ކުއިޑިޗް މެޗުތައް ކުޅޭ ދަނޑުގެ ސްޓޭންޑާއި، ހެގްރިޑްގެ ގެ ކަމަށް ބެލެވޭ ހިލައިން ހަދާފައިވާ އިމާރާތެކެވެ. ކޯންވޯލްގެ ކެޑްގްވިތް ކޯވްގައި ވެސް ފިލްމު ކުޅުމުގެ މަސައްކަތް ވަނީ ރޭވިފައެވެ. 32،000 އަށްވުރެ ގިނަ ކުދިންގެ ތެރެއިން ހޮވުނު ޑޮމިނިކް މެކްލޯލިންގެ އިތުރުން، ބެލް ޕޯލީ އާންޓް ޕެޓޫނިއާގެ ގޮތުގައާއި، އަމޯސް ކިޓްސަން ޑަޑްލީގެ ގޮތުގައި ފެނިގެންދާނެއެވެ. އަދި އެރަބެލާ ސްޓެންޓަން ފެންނާނީ ހާމަޔަނީގެ ގޮތުގައެވެ، އަލަސްޓެއަރ ސްޓައުޓް، ރޮންގެ ގޮތުގައާއި، ނިކް ފްރޮސްޓް ހެގްރިޑްގެ ގޮތުގައި ފެނިގެންދާނެއެވެ. ސިއްރު ހިފެހެއްޓުމަށްޓަކައި "ޑާކް ޓްރެއިން" އަދި "ބްރައުން ކެޓް" ފަދަ ކޯޑް ނަންތައް ބޭނުންކުރެވެއެވެ. ވިންޑްސަރ ޕާކުގައި ހޮގްސްމީޑް ސްޓޭޝަނާއި ހޮގްވޯޓްސް އެކްސްޕްރެސްގެ ދެ މޭލުގެ ރޭލް މަގު އެޅުމަށް 4 މިލިއަން ޕައުންޑް ހޭދަކޮށްފައިވެސް ވެއެވެ.  

ގުޅުންހުރި ޚަބަރު