ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މިސްރުގެ އަހުރާމްތަކަށް އުދަގޫވާ މައްސަލަ ކޯޓަށް ހުށަހަޅައިފި
ދުނިޔެ

މިސްރުގެ އަހުރާމްތަކަށް އުދަގޫވާ މައްސަލަ ކޯޓަށް ހުށަހަޅައިފި

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
މިސްރުގެ ޕިރަމިޑް، އަހުރާމްތައް ކައިރީ ބާރަށް ލަވަޖަހައި ޕާޓީތައް ބާއްވައި ހެދުމުން އަހުރާމްތަކަށް އުދަގޫވާ ކަމަށް ބުނެ ޝަރީއަތަށް މައްސަލަ ހުށަހަޅައިފިއެވެ. މިސުރުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙައްޤުތަކުގެ މަރުކަޒުން ވަނީ އަހުރާމްތައް ހުންނަ ސަރަޙައްދުގައި ބާއްވާ މިއުޒިކް ޙަފްލާތަކުން އަހްރާމްތަކަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތް ކޮށްދިނުމަށް އެދިފައެވެ. މި ދަޢުވާގައި އެ ސަރަޙައްދުގައި ބާއްވާ ރޭގަނޑުގެ ޙަފްލާތަކުގައި ބޭނުންކުރާ އަޑުގަދަ އާލާތްތަކާއި ލޭޒަރ ލައިޓްތަކުން އާސާރީ ސަރަޙައްދަށް ގެއްލުން ލިބޭނެ ކަމަށް ރިއާޔަތް ކޮށްދިނުމަށް އެދިފައި ވެއެވެ. މި ދަޢުވާ ބިނާކޮށްފައިވަނީ މިސުރުގެ ޤާނޫނުއަސާސީއާއި، އާސާރީ ތަންތަން ރައްކާތެރިކުރުމުގެ ޤާނޫނު އަދި ޔުނެސްކޯގެ ދުނިޔޭގެ ތަރިކަ ރައްކާތެރިކުރުމުގެ މުޢާހަދާގެ މައްޗަށެވެ. ސަރުކާރުގެ އިދާރީ ފަރާތްތަކުން އާސާރީ ސަރަޙައްދު ރައްކާތެރިކުރުމުގެ ޒިންމާ އަދާނުކުރާކަމަށް ވެސް ދަޢުވާގައި ފާހަގަކޮށްފައިވެއެވެ. މި ދަޢުވާގައި އެދިފައިވަނީ އާސާރީ ސަރަޙައްދުގައި ޙަފްލާތައް ބޭއްވުން ވަގުތުން ހުއްޓުވައި، އެ ސަރަޙައްދު ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އަލުން ތައުމީރު ކުރުމަށާއި އަމިއްލަ ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރުމަށެވެ. އަދި މިފަދަ ޙަރަކާތްތައް ކުރިއަށް ގެންދިއުމުން މިސުރުގެ ފަތުރުވެރިކަމުގެ ނަމަށް ހުތުރު އަރައި ދައުލަތުގެ ބައިނަލްއަޤްވާމީ އިލްތިޒާމްތަކާމެދު ސުވާލު އުފެދޭނެކަމަށް ވެސް އެ މަރުކަޒުން ވަނީ ބުނެފައެވެ.  

ގުޅުންހުރި ޚަބަރު