ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ހުޅުޖެހި ސޮރު ހައްޔަރުކޮށް ދައުވާ ކޮށްފި
ދުނިޔެ

ހުޅުޖެހި ސޮރު ހައްޔަރުކޮށް ދައުވާ ކޮށްފި

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
ލޮސް އެންޖެލަސް ކައުންޓީގައި ޖެނުއަރީ މަހު ހިނގި ޕެލިސޭޑްސް އަލިފާނުގެ ހާދިސާ ފެށްޓި ކަމަށް ތުހުމަތުކުރެވޭ 29 އަހަރުގެ ޖޮނަތަން ރިންޑަރނެކްޓްގެ މައްޗަށް ފެޑެރަލް ކޯޓުގައި ދަޢުވާ އުފުލައިފިއެވެ. މި ހާދިސާގައި 30 އަށްވުރެ ގިނަ މީހުން މަރުވެ، 17،000 އަށްވުރެ ގިނަ ގެދޮރާއި އިމާރާތްތައް ހަލާކުވެގެން ދިޔައެވެ. ތަޙުޤީޤުތަކުން ދައްކާ ގޮތުގައި ރިންޑަރނެކްޓް ވަނީ އައު އަހަރުގެ ދުވަހު ލައިޓަރެއް ބޭނުންކޮށްގެން ހިކި ހުއިތަކެއްގައި އަލިފާން ރޯކޮށްފައެވެ. މި އަލިފާން ބިމުގެ އަޑީން  ރޯވަމުން ގޮސް، ގަސްގަހާގެހީގައި އަލިފާން ހިފައި ވައި ގަދަވި ދުވަސްތަކެއްގައި ބޮޑު އަލިފާނަކަށް ބަދަލުވެގެން ދިޔައެވެ. ފްލޮރިޑާއިން ހައްޔަރުކުރެވުނު ރިންޑަރނެކްޓްގެ މައްޗަށް ގަސްތުގައި އަލިފާން ރޯކުރުމުގެ ދަޢުވާ އުފުލިފައިވެއެވެ. މި ކުށަށް މަދުވެގެން 5 އަހަރުގެ ޖަލު ޙުކުމެއް އައިސްދާނެ އެވެ. ޕްރޮސިކިއުޓަރުން ބުނާ ގޮތުގައި އޭނާ ވަނީ އަލިފާން ރޯވަމުންދާ މަންޒަރު ވީޑިއޯކުރުމަށް އެތަނަށް ދެ ވަނަ ފަހަރަށް އައިސް، އަދި އެހީތެރިވާން މަސައްކަތްކުރާ މީހެއްގެ ގޮތުގައި ދައްކަން 911 އަށް ގުޅާފައެވެ.

ގުޅުންހުރި ޚަބަރު