ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ޔަހޫދީންގެ ރަހުމުކުޑަ އަމަލުތަކާ ޣައްޒާ މީހުން ކުރިމަތިލީ ފަރުބަދަ ތަކެއް ފަދައިން: އަލްޙައްޔާ
ދުނިޔެ

ޔަހޫދީންގެ ރަހުމުކުޑަ އަމަލުތަކާ ޣައްޒާ މީހުން ކުރިމަތިލީ ފަރުބަދަ ތަކެއް ފަދައިން: އަލްޙައްޔާ

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
ޣައްޒާގެ ރައްޔިތުންނަކީ ދުނިޔެ ނުދެކޭފަދަ ހަނގުރާމައަކާ ކުރިމަތިލައި، ޒަޔަނިސްޓް އިސްރާއީލްގެ އަނިޔާވެރިކަމާއި އަސްކަރީ ބާރުގެ ރަހުމްކުޑަ ޢަމަލުތަކާ ކުރިމަތިލައިފައިވާ ބަޔެއް ކަމަށް ހަމާސްގެ އިސްވެރިޔާ ޚަލީލް އަލްހައްޔާ ވިދާޅުވެއެވެ. އޭނާ ސިފަ ކުރައްވާ ގޮތުގައި ޣައްޒާގެ މީހުން ވަނީ ޔަހޫދީންގެ ރަހުމު ކުޑަ ޓެރަރިސްޓް އަމަލުތަކާ ފަރުބަދަތަކެއް ފަދައިން ސާބިތުކަމާއެކު ކުރިމަތިލައިފައެވެ. އަދި މަރާއި، ވަޒަނުން ބޭރުކުރުމާއި ބަނޑަށް ޖެއްސުމާއި، އަދި ގެދޮރު ގެއްލުމާ ކުރިމަތިލައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. ޔަޙުޔާ އިބްރާހީމް ސިންވާރުގެ މެސްތިރި ކަމުގައި ފަލަސްޠިނު މިނިވަން ކުރުމަށް ފެށި އަޤްޞާ ޠޫފާންގެ ހަނދާނުގައި، ޚަލީލު އަލްހައްޔާ ވަނީ ފަލަސްޠީނުގެ އަބްޠާލުން ކަމަށްވާ ޝަހީދުން: ޝަހީދު އިސްމާޢީލް ހަނިއްޔާ، ޝަހީދު ށަލާޙު އަލްޢާރޫރީ، ޝަހީދު ބަޠަލް ޔަޙުޔާ އިބްރާހީމް އައްސިންވާރު އަދި ޝަހީދު މުޙައްމަދު އައްޟައިފް އަބްޠާލުންނާއި ޝުހަދާއިންގެ ހަނދާން އައު ކުރައްވާފައެވެ. އަދި ޒަޔަނިސްޓުންގެ އިސްރާއީލީ ޓޭންކުތަކާ ދެކޮޅަށް ހުސްފަޔާ ނިކުމެ ހަނގުރާމަކުރި މުޤާވަމާގެ އަބްޠާލުންގެ ހިތްވަރުގަދަކަން ފާހަގަކުރައްވައި އެފަރާތަކަށްވެސް ޚާއްސަ ޝުކުރެއް އަދާ ކުރެއްވިއެވެ. އަލްޙައްޔާ ވިދާޅުވެފައިވަނީ ޒަޔަނިސްތް މުޖުރިމު އިސްރާއީލުން ހަނގުރާމައިގެ ޖަރީމާތައް ތަކުރާރުކޮށް، މެދުވެރިންގެ މަސައްކަތުން ނަތީޖާ ނުފެންނަ ގޮތަށް ހަދަން އުޅުނު ކަމަށެވެ. ނަމަވެސް ހަމާސްއިން ސާބިތުކަމާއެކު ޔަހޫދީންގެ ވިސްނުމަށް ރިއާޔަތްކޮށް އެމީހުންގެ ގުއިރޯނުގައި ނުޖެހި މަޝްވަރާތައް ކުރިއަށް ގެންގޮސް، އެމެރިކާ ރައީސްގެ ހުށަހެޅުމަށް ޒިންމާދާރު ގޮތެއްގައި ޖަވާބުދިނީ ކަމަށް ވިދާޅުވިއެވެ. ހަމާސްއިން އެއްބަސްވެފައިޥާ އެއްބަސްވުމުގައި ޔަހޫދީ ޓެރަރިސްޓް ބާރުތައް އަނބުރާ ގެންދިއުމާއި، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމާއި، ރަފަހު ކްރޮސިންގ ހުޅުވުމާއި، ވަގަށް ނަގާފައިޥާ ފަލަސްޠީނު މީހުން ދޫކޮށްލުން ހިމެނެއެވެ. ދެ އަހަރު ވަންދެން ޣައްޒާއިން ސާބިތުކޮށްދީފައިވަނީ ޣައްޒާއަކީ އަދުއްވުންނަށް ހުއްދަވެގެންވާ ތަނެއް ނޫންކަމާއި، އެފަސްގަނޑުގެ ކުޑަކުދިންނާއި އަންހެނުންނާއި ފިރިހެނުންނަކީ ބަލިކުރެވޭނެ ބައެއް ނޫންކަމަށް އަލްޙައްޔާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު