ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ދޮންމީހާއަށް ޒަޔަނސިްޓުންގެ ހަގީގަތް އެނގުނީ ކިހިނެއް؟
ދުނިޔެ

ދޮންމީހާއަށް ޒަޔަނސިްޓުންގެ ހަގީގަތް އެނގުނީ ކިހިނެއް؟

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
ހުޅަނގުގެ ދޮން މީހާއަށް ޔަހޫދީންގެ ޒަޔަނިސްޓުންގެ ނުލަފާ ކަމާމެދު އެއްޗެއް ބުނަން ކެރުނީ ޣައްޒާގައި ޖެނޮސައިޑް ހިންގާތާ ދޮޅު އަހަރު ފަހުންނެވެ. އިނގިރޭސި ފައިނޭންޝަލް ޓައިމްސް އަދި އިންޑިޕެންޑެންޓް ފަދަ ނޫސްތަކުން ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖެނޮސައިޑްގެ އަނިޔާވެރި ޢަމަލުތަކާއި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާތަކާމެދު އަޑު އުފުލަން ކެރުނީ އެހިސާބުންނެވެ. މި ނޫސްތަކުން ވަނީ އެމެރިކާ އާއި ޔޫރަޕުން ޖެނޮސައިޑް އިސްރާއީލާއެކު އެއްބާރުލުން އިތުރުކުރަމުންދާތީ އެކަމަށް ފާޑުކިޔައިފައެވެ. ޖަރނަލިސްޓް ޖޮނަތަން ކުކް ގެ ސުވާލަކީ ހުޅަނގުގެ ޤައުމުތަކާއި މީޑިއާއިން މިހާ ގިނަ ދުވަހު މިކަމާމެދު ހަނުހުރީ ކީއްވެގެންތޯއެވެ. އިސްރާއީލުން ބޭރުގެ ނޫސްވެރިން ޣައްޒާއަށް ވަނުން މަނާކޮށް، ގިނަ ފަލަސްޠީނު ނޫސްވެރިން މަރާލުމަށްފަހުވެސް، ދެން އިތުރަށް މި އަނިޔާތައް ފޮރުވޭނެ ކަމަކަށް ނުފެންނާތީ، ހުޅަނގުގެ މީޑިއާއިން ޔަހޫދީންގެ ޖަރީމާތަކާ މެދު  ދެކޭގޮތް ބަދަލުކުރަން ފެށީ ކަމަށް އޭނާ ދެކެއެވެ. ހުޅަނގުގެ ސިޔާސަތު ބިނާ ވެފައި ވަނީ ލާދީނީ އިލްޙާދީ ނަޒަރިއްޔާތުގެ މައްޗަށެވެ. އެމީހުންގެ މި ސިޔާސަތުގެ އަސާސަކީ ޑާވިންގެ ނަޒަރިއްޔާއާއި ނިސްބީ އަޚްލާޤީ ނަޒަރިއްޔާއެވެ. މި ނަޒަރިއްޔާތަކަކީ ހުޅަނގުގެ ދޮން އިންސާނާ އެހެން އިންސާނުންނަށް ވުރެން މަތިވެރިވެފައި މާތް ކަމަށް ދައްކައިދޭ ނަޒަރިއްޔާތުތަކެވެ. އިނގިރޭސި އިސްތިއުމާރީ އައްޕަ ކަމަށްވާ ވިންސްޓަން ޗަރޗިލް ވެސް ވަނީ ދޮންމީހުންނަކީ "މާ ވަރުގަދަ، މާ މޮޅު، މާ ޙިކުމަތްތެރި" ނަސްލެއް ކަމަށް ބުނެފައެވެ. އަދި އެހެން ނަސްލު ގެ މީހުން ބަދަލުކޮށްލަން (ތަހުޒީބުކޮށްލަން) މަސައްކަތް ކުރުމަކީ ރަނގަޅުކަމެއް ކަމުގައި ބުނެފައެވެ. މިއަދު މި ނަޒަރިއްޔާތަކުން ހުޅަނގު މީހާގެ ސިކުނޑި ދޮވެފައި އޮތުމުގެ ސަބަބުން ހުޅަނގުގެ އަޚްލާޤީ މިންގަނޑު ވަނީ ވަރަށް ބޮޑަށް ދޭސީ ވެފައެވެ. މިއަދު ހާމަވާ ހަގީގަތަކީ މިހާތަނަށް ފެނިފައިވާ ހުރިހައި ބޮޑު ހަނގުރާމައަކާއި ނަސްލު ނައްތާލުމަކާއި ޖެނޮސައިޑަކާއި ހޮލޮކޯސްޓަކާއި އަޅުދާސްކުރުން ފަދަ ޖަރީމާތައް މިމީހުން ކުރިއަށް ގެންގޮސްފައިޥާކަން ތާރީޚީ ހެކިތަކުން ސާބިތު ވާކަމެވެ. މިމީހުން އިއްޔެ އަފްޣާނިސްތާނުން ޖާނާއިގެން ސަލާމަތް ވުމާ ހަމައަށްވެސް އަދި އިހައްދުވަހު އީރާނަށް ބޮން އެޅުމާއި ޣައްޒާގެ ޖެނޮސައިޑާ ހަމައަށްވެސް މި އުދުވާނުގައި ސާބިތުވެ ތިބެއްޖެއެވެ. ހުޅަނގުގެ ސިޔާސީ ނަޒަރިއްޔާއާއި އަގީދާގެ ބިލާސްކަން އެނގުމާއެކު މީހުން ދަނީ ގަނޑުކޮށް އެ ވިސްނުން ދޫކޮށް އިންސާނީ ފިޠުރަތަށް ރުޖޫއަ ވަމުންނެވެ. ޤަތަރުގައި ބޭއްވި ވާލްޑް ކަޕްގައި ހުޅަނގުގެ ދޮން މީހާއަށް ފާޚާނާ ކޮށްގެން ނަޖިހުން ތާހިރުވާން ދަސްވިއެވެ. ޔޫރަޕްގެ ފަތުރުވެރިން އެންމެ ގިނައިން ޤަތަރުން ގަނެގެން ގެންދިޔައީ ސުންނީ ޝަވަރުތަކެވެ. ޣައްޒާ ޖެނޮސައިޑާއެކު ޓިކްޓޮކުން ދޮންމީހާއަށް ކުރިން ނޭގި ހުރި ތާރީޚި ހަގީގަތްތައް އޮޅުން ފިލައިފިއެވެ. ގޭސް ޗެމްބަރުތަކުގައި މީހުން މެރި ކަމާއި މެދު ސުއާލު އުފައްދައި ޔަހޫދީންގެ ކުރީގެ އާބާދީއާއި މަތިމަސް ލީ މީހާ މެރި ކަމަށް ބުނާ އަދަދާ އަޅައި ކިޔައި ސުއާލުތައް ކުރަން ފަށައިފިއެވެ. 1960 ގެ ފަހުން ޔޫރަޕްގެ ގިނަ ޤައުމުތަކުން މިހާރު ދަނީ ކްރިސްޓިއަން އަޤީދާގެ އަސާސްތައް ދޫކޮށްލަމުންނެވެ. ފައްޅިތައް ފަޅުވެ ނުބެލެހެއްޓޭތީ ނީލަން ކިޔަމުންނެވެ. ނޫނީ މިސްކިތަކަށް ނޫނީ ޑިސްކޯއަކަށް ބަދަލު ކުރަމުންނެވެ. މިއީ ޣައްޒާގެ މައްސަލާގައި ހުޅަނގުން ދައްކަމުންދިޔަ ދެފުށްކެހެރި ސިޔާސަތު ބަދަލުވި މައިގަނޑު ސަބަބުތަކެވެ. އަޤްޞާ ޠޫފާނަކީ ފަލަސްޠީނުގެ ދައުލަތް އުފެދި އެމީހުންގެ އަދުއްވުގެ ދައުލަތް ނިންމުމަށް ސިއްކަ ޖެހުމުގެ ކައުންޑްޑައުން އެއްގެ ފެށުމެކެވެ.

ގުޅުންހުރި ޚަބަރު