ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
މި ވީޕީއެން އަޅައިގެން އުޅޭނަމަ އަވަހަށް ޑިލީޓްކޮށްލާ
ދުނިޔެ

މި ވީޕީއެން އަޅައިގެން އުޅޭނަމަ އަވަހަށް ޑިލީޓްކޮށްލާ

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
ސައިބަރ ސެކިއުރިޓީ ކުންފުނި "ކްލީފީ" އިން ވަނީ "މޮޑްޕްރޯ އައިޕީ ޓީވީ + ވީޕީއެން" ގެ ނަމުގައި ފަތުރެމުންދާ ނުރައްކާތެރި އެޕަކާ ބެހޭގޮތުން އިންޒާރެއް ދީފައެވެ. މި އެޕްގައި "ކްލޮޕަޓްރާ" ގެ ނަމުގައި ފާހަގަކުރެވޭ ނުރައްކާތެރި މަލްވެއަރއެއް ހިމެނޭކަމަށާއި، މިއީ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ވަގަށް ނަގައި ޑިވައިސްތައް ރިމޯޓްކޮށް ކޮންޓްރޯލް ކުރެވޭ ގޮތަށް ހަދާފައިވާ މަލްވެއަރ އެކެވެ. އިޒްރޭލާ ގުޅުން ހުރި ކުންފުންޏަކުން އުފައްދާފައިވާ މި އެޕް ވަނީ  މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 3000 އަށްވުރެ ގިނަ ޑިވައިސްއަށް ޑައުންލޯޑް ކުރެވިފައެވެ. މި އެޕް ފެތުރެމުންދަނީ ހިލޭ ވީޕީއެން އަދި ޕޭ ޓީވީ ޚިދުމަތްތަކެއްގެ ގޮތުގައި އޮޅުވާލައިގެން އިޝްތިހާރު ކުރާ ނުރައްކާތެރި ވެބްސައިޓްތަކުގެ ޒަރީއާއިންނެވެ. އެޕް އިންސްޓޯލް ކުރުމަށްފަހު، އެންޑްރޮއިޑް ޑިވައިސްގެ އެކްސެސިބިލިޓީ ސަރވިސަސްއަށް ވަނުމުގެ ހުއްދަ ހޯދުމަށް އެދެއެވެ. މާރޗް މަހުން ފެށިގެން މިހާތަނަށް މި މަލްވެއަރއަށް 40 އަށްވުރެ ގިނަ އަޕްޑޭޓް ގެނެވި، ސެކިއުރިޓީ ސިސްޓަމްތައް ބައިޕާސް ކުރެވޭ ގޮތަށް ވަނީ ތަރައްޤީ ކުރެވިފައެވެ. ސެކިއުރިޓީ ދިރާސާ ކުރާ ފަރާތްތަކުން ވަނީ އާންމުންނަށް ނުރަސްމީ މަސްދަރުތަކުން ހިލޭ ވީޕީއެން އެޕްތައް ޑައުންލޯޑް ނުކުރުމަށް އިންޒާރުދީފައެވެ. އަދި ބޭންކް އެކައުންޓްތައް ގަވާއިދުން ޗެކްކުރުމަށާއި، ޝައްކުކުރެވޭ ކަންކަން ވަގުތުން ރިޕޯޓްކުރުމަށް އިރުޝާދު ދީފައިވެއެވެ. ފޯނަށް މަލްވެއަރ ޖެހިފައިވާކަން ދެނެގަތުމަށް 4 ކަމެއް ބެލިދާނެއެވެ: އެއީ ބެޓެރި އާދަޔާ ޚިލާފަށް އަވަހަށް ހުލިވުން، ޑޭޓާ ބޭނުންކުރާ މިންވަރު އާދަޔާ ޚިލާފަށް މައްޗަށް ދިއުން، ފޯނުގެ ސްޕީޑް ލަސްވުން، އަދި ނޭނގޭ އެޕްތައް ފޯނުގައި ހުރުން މިއެވެ.

ގުޅުންހުރި ޚަބަރު