ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ނޯބެލްގެ ސުލްހައިގެ އިނާމު ލިބުމަކީ މުސްތަހީލު ކަމެއް
ދުނިޔެ

ނޯބެލްގެ ސުލްހައިގެ އިނާމު ލިބުމަކީ މުސްތަހީލު ކަމެއް

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
ނޯބެލް ސުލްހައިގެ އިނާމު 2025 ލިބޭ ފަރާތް މިއަދު ހުކުރު ދުވަހު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އިނާމު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، އޭނާއަށް މި އިނާމު ލިބުން މުސްތަހީލު ކަމަށް ވެއެވެ. ޖެނޮސައިޑަށް ތާއީދު ކުރިނަމަވެސް ޓްރަމްޕްގެ ކުރިން އެމެރިކާގެ ހަތަރު ރައީސަކު މި އިނާމު ހާސިލްކޮށްފައި ވެއެވެ. އެއީ ބަރަކް އޮބާމާ (2009)، ޖިމީ ކާޓަރ (2002)، ވުޑްރޯ ވިލްސަން (1919) އަދި ތިއޯޑޯ ރޫޒްވެލްޓް (1906) އެވެ. ކާޓަރު ފިޔަވައި އެހެން އެންމެން މި އިނާމު ލިބުނީ ރައީސްކަމުގެ މަޤާމުގައި ތިއްބައެވެ. ލަފާކުރެވޭ ގޮތުގައި މިއަހަރުގެ އިނާމު ލިބިދާނެ ފަރާތްތަކުގެ ތެރޭގައި ސޫދާނުގެ "އިމަރޖެންސީ ރޫމްސް" ނުވަތަ އ.ދ.ގެ ރެފިއުޖީ އޭޖެންސީ، ޔުނިސެފް، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، ރެޑް ކްރޮސް ނުވަތަ ޑޮކްޓަރސް ވިތައުޓް ބޯޑަރސް ހިމެނެއެވެ. އަދި ނޫސްވެރިންގެ މަސައްކަތަށްވެސް އަލިއަޅުވާލައި، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް ނުވަތަ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއަށް މި އިނާމު ލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނޯބެލް ކޮމިޓީގެ ނިންމުންތައް ބިނާވެފައިވަނީ އަލްފްރެޑް ނޯބެލްގެ ވަސިއްޔަތުގެ މައްޗަށެވެ. އަދި އިނާމަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ ޖެނުއަރީ 31 އެވެ. ކޮމިޓީން އާންމުކޮށް މަހަކު އެއްފަހަރު ބައްދަލުވެ، އޯގަސްޓް ނުވަތަ ސެޕްޓެމްބަރުގައި ނިންމުން ނިންމައެވެ.

ގުޅުންހުރި ޚަބަރު