ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މޭޔަރުގެ ދަރިފުޅު މޭޔަރު ގަޔަށް ވަޅި ޖަހައިފި
ދުނިޔެ

މޭޔަރުގެ ދަރިފުޅު މޭޔަރު ގަޔަށް ވަޅި ޖަހައިފި

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
ޖަރުމަނުގެ ހެރްޑެކް ސިޓީގައި އަލަށް އިންތިޚާބުވި މޭޔަރު އައިރިސް ޝްޓަލްޓްޒަރު (57 އަހަރު) އަށް އޭނާގެ 17 އަހަރުގެ ދަރިފުޅު ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މި ހާދިސާ ހިނގާފައިވަނީ އާއިލާގެ ގޭގައެވެ. މި ހަމަލާގައި މޭޔަރުގެ ކަރަށާއި ބަނޑަށް ތަކުރާރުކޮށް ވަޅިން ހަމަލާދީފައިވެއެވެ. އޭނާ ވަނީ ބޮޑެތި އަނިޔާތަކާއެކު ހެލިކޮޕްޓަރުގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ހާދިސާ ހިނގި އަޑުއިވިގެން އަވައްޓެރިން ފުލުހުންނަށް ގުޅުމުން، ފުލުހުން ވަނީ މޭޔަރުގެ ދެ ދަރިން ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ޝައްކުކުރެވޭ ދަރިފުޅު ބަންދުގައި ބަހައްޓާފައެއް ނުވެއެވެ. އަދި މި މައްސަލަ މިހާރު ބެލެވެނީ މާރާމާރީގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި، މަރާލަން އުޅުނު މައްސަލައެއްގެ ގޮތުގައި ނޫން ކަމަށް އޭނާ ބަންޑާރަ ނާއިބް ވަނީ ބުނެފައެވެ. އައިރިސް ޝްޓަލްޓްޒަރަކީ ވަޒީފާއާ ބެހޭ މައްސަލަތަކުގެ ޤާނޫނީ ވަކީލެކެވެ. އަދި ނޯތު ރައިން-ވެސްޓްފޭލިއާ ސްޓޭޓުގެ ސަރަހައްދީ ސިޔާސީ ދާއިރާގެ ފާހަގަކޮށްލެވޭ ޝަޚްސިއްޔަތެކެވެ. އޭނާ ވަނީ ގްރީން ޕާޓީގެ ތާއީދާއެކު ފާއިތުވި އިންތިޚާބުން ބޮޑު ތަފާތަކުން ކާމިޔާބު ހޯދާފައެވެ. އަދި ނޮވެމްބަރު މަހު ރަސްމީކޮށް މަޤާމާ ހަވާލުވާން ހަމަޖެހިފައިވެއެވެ.

ގުޅުންހުރި ޚަބަރު