ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ފަރުވާއަކަށް 8 ބޮއް ކާލި މީހާއަށް ވީ ކިހިނެއް؟
ދުނިޔެ

ފަރުވާއަކަށް 8 ބޮއް ކާލި މީހާއަށް ވީ ކިހިނެއް؟

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
އުމުރުން 82 އަހަރުގެ ޗައިނީސް އަންހެނަކު ވަނީ ބުރަކަށީގެ ރިހުމަށް ފަރުވާއެއްގެ ގޮތުން ދިރިދިރ ހުއްޓައި ކުދި 8 ބޮއް ކައިފައެވެ. އެއަށްފަހު އަންހެން މީހާ ވަނީ ހަސްފަތާލުގައި އެނދުމަތިކޮށްފައެވެ. ޗޭންގް ގެ ނަމުން މީޑިއާގައި ރިޕޯޓު ކޮށްފައިވާ އަންހެން މީހާ މި ފަރުވާ އިޚުތިޔާރު ކުރީ މިއީ ޗައިނީސް ބޭސްވެރިކަމުގައި ބޭނުން ކުރާ ގޮތެއް ކަމަށް މައުލޫމާތު ލިބިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ބުރަކަށީގެ ރިހުން ތަހައްމަލު ކުރާ ޗޭންގްއަށް، ބޮއްތައް ހިފައި ދިނީ އޭނާގެ ދަރިފުޅެވެ. ފުރަތަމަ ދުވަހު އޭނާ ކައިފައި ވަނީ ލިބިފައިވާ މައުލޫމާތާ އެއްގޮތަށް 3 ބޮކެވެ. ދެން ޖެހިގެން އައި ދުވަހު ހުރިހައި ބާކީ ހުރި ހުރިހައި ބޮއްތަކެވެ. މީގެ ސަބަބުން ބަނޑުގައި ގަދައަށް ރިއްސައި ހޮސްޕިޓަލަށް ގެންދިއުމުން ޓެސްޓުތަކުން ދައްކާފައިވަނީ އޭނާގެ ހަށިގަނޑުގައި ޕެރަސައިޓު ހުރިކަމަށެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މިފަދަ ހާދިސާތައް މަދުންނަމަވެސް ހިނގައެވެ.

ގުޅުންހުރި ޚަބަރު