ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އުތުރު ކޮރެއާ އަންހެނުން ހިފަހައްޓައި ޓެސްޓް ކުރުމަށް ލީޑަރު އަންގައިފި
ދުނިޔެ

އުތުރު ކޮރެއާ އަންހެނުން ހިފަހައްޓައި ޓެސްޓް ކުރުމަށް ލީޑަރު އަންގައިފި

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އަންހެނުންގެ ބްރެސްޓް އިމްޕްލާންޓް ހެދުން ހުއްޓުވުމަށް ޚާއްޞަ ޓީމުތަކެއް އުފައްދައި، މި ކަން ސިއްރުން ކުރާ ޑޮކްޓަރުން ހައްޔަރުކުރުމަށް އަމުރު ކުރައްވާފައެވެ. ކިމް ވިދާޅުވަނީ މިއީ "ސޯޝަލިޒަމްއާ ދެކޮޅު" ޢަމަލެއް ކަމަށެވެ. އަދި މި ބާވަތުގެ ސާޖަރީތަކުގެ އިތުރުވަމުންދާތީ އެކަން ހުއްޓުވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ. ސައުތު ކޮރެއާގެ "ޑެއިލީ އެންކޭ" ނޫހުން ރިޕޯޓު ކުރިގޮތުގައި މި ކަމަށް ލީޑަރު ކިމް ވަނީ ޚާއްސަ ޓާސްކްފޯހެއް އުފައްދަވާފައެވެ. މި ޓީމުތަކުގައި ކުލަ ހެދުމުގައި ތިބޭ އޭޖެންޓުން ވަނީ ސިއްރުން މި ފަދަ ސަރޖަރީތައް ކުރާ ޑޮކްޓަރުންނާއި "އާދަޔާ ޚިލާފަށް އުރަމަތި ބޮޑު" އަންހެނުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އަދި އެމީހުންގެ ޖިސްމާނީ ބޮޑު ކަން ލިބިފައިވަނީ ގުދުރަތުންތޯ ނޫނީ ސަރޖަރީ ހެދުމަކުންތޯ ވެސް ޔަގީން ކުރުމަށް ހޮސްޕިޓަލްތަކުގައި ޖިސްމާނީ ޗެކަޕްތައް ހެދުމަށްވެސް ވަނީ ނިންމާފައެވެ. ހައްޔަރުކުރެވޭ އަންހެނުންނާއި ޑޮކްޓަރުންނަށް "ސޯޝަލިޒަމްއާ ދެކޮޅު ޢަމަލު" ހިންގުމުގެ ކުށުގައި ޖަލު ނުވަތަ ގަދަކަމުން މަސައްކަތް ކުރުވާ އިސްލާޙީ ކޭމްޕްތަކުގައި ބޭތިއްބުމަށް ނިންމާފައި ވެއެވެ. އުތުރު ކޮރެއާގައި މިފަހުން މި ފަދަ ޕްލާސްޓިކް ސަރޖަރީތައް އިތުރުވަމުން ދިޔަ ނަމަވެސް، ސަރުކާރުގެ ހޮސްޕިޓަލްތަކުގައި މިކަން އޮތީ މަނާ ކޮށްފައެވެ. އަދި ގިނަ ބަޔަކު ވަނީ ސިއްރު ސަރޖަރީތަކަށް އަހުލުވެރިވެފައެވެ. ފާއިތުވި މަހު، ސަރިވޯން ސިޓީގައި ޑޮކްޓަރަކާއި ދެ އަންހެނަކަށް ވަނީ ޣައިރު ޤާނޫނީ ބްރެސްޓް އިމްޕްލާންޓް ސަރޖަރީ ހެދުމުގެ ދަޢުވާގައި ޝަރީޢަތް ކޮށްފައެވެ. ޕްރޮސިކިއުޓަރު ވަނީ މި އަންހެނުން "ހުޅަނގުގެ އާދަތަކަށް ލޯބިކޮށް، ކެޕިޓަލިސްޓް ޢަމަލުތަކުގައި" ބައިވެރިވި ކަމަށް ބުނެފައެވެ.

ގުޅުންހުރި ޚަބަރު