ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޔަހޫދީންގެ ޖަރީމާތަކުގެ ހިސާބު ބެލެވެން ޖެހޭނެ: ފާތިމާ މުހާޖިރާނީ
ދުނިޔެ

ޔަހޫދީންގެ ޖަރީމާތަކުގެ ހިސާބު ބެލެވެން ޖެހޭނެ: ފާތިމާ މުހާޖިރާނީ

އއިބްރާހީމްް ސަމީރު10 އޮކްޓޯބަރު 2025
އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއިން ފަލަސްޠީނު ރައްޔިތުން މިނިވަންކަމާއި ޢިއްޒަތަށްޓަކައި ކުރާ ހަނގުރާމައިގައި ފަލަސްތީނުގެ ރައްޔިތުންނާއެކު ކުރިންވެސް އަދި މިހާރުވެސް އަބަދުވެސް ދެމިތިބޭނެ ކަމުގައި އީރާނުގެ ސަރުކާރުގެ ތަރުޖަމާން ފާތިމާ މުހާޖަރާނީ ވިދާޅުވެއެވެ. މުހާޖަރާނީ ވިދާޅުވެފައިވަނީ ޣައްޒާގައި ހިނގަމުންދާ ޖެނޮސައިޑް އަނިޔާވެރިކަން ހުއްޓުވުމަށާއި، އިސްރާއީލުގެ އިސްތިއުމާރީ ޖެނޮސައިޑް ސިފައިން އަނބުރާ ގެން ދިއުމަށާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށާއި، ވަގަށް ނަގާފައިވާ ފަލަސްތީނު މީހުން ދޫކޮށްލުމަށާއި އަދި އެމީހުންގެ އަސާސީ ޙައްޤުތައް ހޯދައިދިނުމަށް އެޅޭ ކޮންމެ ފިޔަވަޅަކަށް ނުވަތަ އިސްނެގުމަކަށް އީރާނުން ތާއީދުކުރާނެ ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންނަށް އީރާނުން ދޭ އެހީތެރިކަމަކީ ހަމައެކަނި ސިޔާސީ ކަމެއް ނޫންކަމަށާއި، އެއީ އެ ރައްޔިތުންގެ ކަންކަން ނިންމުމުގެ ޙައްޤާއި، އަނިޔާވެރިކަމާއި ޔަހޫދީ އިސްތިއުމާރާއި ދެކޮޅަށް ތެދުވުމުގެ ޙައްޤަށް ކުރާ ގަބޫލުކުރުންތަކެއްގހެ މައްޗަށް ބިނާވެފައިވާ ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ. ޣައްޒާގައި ހިންގާ ޖަރީމާތައް ހުއްޓުވުމަކީ މިކަމުގެ ނިމުން ނޫންކަމަށާއި، ހަނގުރާމައިގެ ކުށްވެރިންނާއި އިންސާނިއްޔަތާ ދެކޮޅަށް ޖަރީމާ ހިންގި މީހުން ބައިނަލްއަޤްވާމީ ކޯޓުތަކުގައި ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު