ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އިގްތިސާދީ ދެ މާހިރަކު އެމެރިކާއިން ހިޖުރަ ކުރަނީ
ދުނިޔެ

އިގްތިސާދީ ދެ މާހިރަކު އެމެރިކާއިން ހިޖުރަ ކުރަނީ

އއިބްރާހީމްް ސަމީރު11 އޮކްޓޯބަރު 2025
އެމެރިކާގައި ދިރިއުޅޭ ނޮބެލް އެވޯޑް ލިބިފައިވާ އެސްތަރ ޑޫފްލޯ އާއި އަބިޖިތު ބެނާރޖީ ވަރަށް އަވަހަށް ޔުނިވާސިޓީ އޮފް ޒޫރިކްއާ ގުޅިވަޑައިގަންނަވާނެ އެވެ. 2019 ވަނަ އަހަރު ނޯބެލްގެ އިގްތިސާދުގެ އިނާމު ހޯއްދެވި މި ދެމަފިރިން ޒިއުރިކް ޔުނިވަރސިޓީގައި އިގްތިސާދުގެ އިލްމާ ބެހޭ އާ މަރުކަޒެއް ގާއިމްކުރާނެ ކަމަށް އެ މުއައްސަސާއިން ވަނީ މިއަދު ހުކުރު ދުވަހު ބުނެފަ އެވެ. ޔުނިވާސިޓީ އޮފް ޒިއުރިކް އިން ބުނީ މިހާރު މެސެޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގައި މަސައްކަތް ކުރައްވާ މި ދެމަފިރިން އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ ޔުނިވާސިޓީގެ އިކޮނޮމިކްސް ފެކަލްޓީއާ ގުޅޭނެ ކަމަށެވެ.  

ގުޅުންހުރި ޚަބަރު