ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމު ޓްރަމްޕްގެ މުށު ތެރޭގައި
ދުނިޔެ

އެމެރިކާގެ އަދުލު އިންސާފުގެ ނިޒާމު ޓްރަމްޕްގެ މުށު ތެރޭގައި

އއިބްރާހީމްް ސަމީރު11 އޮކްޓޯބަރު 2025
އެމެރިކާ ރައީސް ޓްރަމްޕް ދަނީ އޭނާ ރޭޕްކޮށްފައިވާ އަންހެނުންގެ މައްސަލަތަކާއި އޭނާގެ ވިޔަފާރި މަކަރު ހެދުމާ ގުޅޭ މައްސަލަތަކުގައި އޭނާއާ ދެކޮޅަށް ދައުވާކުރި ޕްރޮސެކިއުޓަރުންނާ ދެކޮޅަށް ބަދަލު ހިފުމުގެ އަމަލުތައް ހިންގަމުންނެވެ. ކުރިން ޓްރަމްޕްގެ އެދުމަށް އެމެރކާ ސަރުކާރުން ދައުޥާ ކުރީ އެފްބީއައިގެ ޑިރެކްޓަރ ޖޭމްސް ކޫމީގެ މައްޗަށެވެ. ހުކުރު ދުވަހު ޓްރަމްޕް ވަނީ ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ލެޓީޝިއާ ޖޭމްސްއާ ދެކޮޅަށް ދައުވާ ކޮށްފައެވެ. އޭނާއަކީ ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް މަކަރާއި ހީލަތުގެ 450 މިލިއަން ޑޮލަރުގެ ދައުވާއެއް ކުރި ނިއުޔޯކްގެ އެޓަރނީ ޖެނެރަލް ލެޓީޝިއާ ޖޭމްސްއެވެ. މިހާރު ޓްރަމްޕް ވަނީ އޭނާގެ މައްޗަށް ބޭންކަށް އޮޅުވާލުމާއި ދޮގު ބަޔާން ދިނުމުގެ ދަޢުވާ އުފުލައިފައެވެ. މި ދަޢުވާ އުފުލާފައިވަނީ މިފަދަ މައްސަލަތަކުގައި ދައުވާ ކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ޓްރަމްޕްގެ ގާނޫނީ ވަކީލު ލިންޑްސޭ ހެލިގަންގެ ތަޙުޤީޤަކަށް ފަހުގައެވެ. މިއީ ޓްރަމްޕާ ދެކޮޅަށް ދައުވާ ކުރި ފަރާތްތަކާ ދެކޮޅަށް އަޅާ ދެވަނަ ފިޔަވަޅެވެ. ލެޓީޝިއާ ޖޭމްސްގެ މައްސަލައިގެ ތަޙުޤީޤު ފުރަތަމަ ހަވާލުކުރެވުނު ވަރޖީނިއާގެ ޕްރޮސެކިއުޓަރ އެރިކް ސީބަރޓް ވަނީ ޖޭމްސްއާ ދެކޮޅަށް އެދެވޭ ހެކި ނެތް ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ޓްރަމްޕް އޭނާ ވަޒީފާއިން ވަކިކުރުމަށްފަހު އިންޝޫރެންސްގެ ކަންކަމުގައި އުޅުނު ގާނޫނީ ވަކީލު ހެލިގަންގެނަސްގެން އޭނާއަށް ދެ ހަފްތާގެ މުއްދަތެއް ދީ ދައުވާ ކުރީއެވެ. ޤާނޫނީ މާހިރުންނާއި ސިޔާސީ މުފައްކިރުން ދެކެނީ އެމެރިކާގެ ޢަދުލު އިންސާފުގެ ނިޒާމު މިހާރު ޓްރަމްޕްގެ ޚުދުމުޚުތާރު ހަތިޔާރަކަށް ބަދަލުވެފައިވާ ކަމަށެވެ.

ގުޅުންހުރި ޚަބަރު