ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އެމެރިކާ ދިފާއު ކުރުމަށް ޤަތަރުން އެމެރިކާގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރަނީ
ދުނިޔެ

އެމެރިކާ ދިފާއު ކުރުމަށް ޤަތަރުން އެމެރިކާގައި އަސްކަރީ މަރުކަޒެއް ގާއިމް ކުރަނީ

އއިބްރާހީމްް ސަމީރު11 އޮކްޓޯބަރު 2025
ޤަތަރުގައި އެމެރިކާއިން ހަދާފައިވާ އެމެރިކާގެ އެންމެ ބޮޑު އަސްކަރީ މަރުކަޒު ޤަތަރުން ބޭރު ނުކުރެވޭ ގޮތަށް ޤަތަރަށްވެސް އެމެރިކާގައި އަސްކަރީ މަރތުކަޒެއް ގާއިމް ކުރުމަށް އެމެރިކާއިން ހުއްދަ ދީފިއެވެ. ޤަތަރަކީ ޓްރަމްޕަށް އުދުހޭ ގަނޑުވަރެއް ހަދިޔާ ކުރި އަދި ޓްރަމްޕްގެ އާއިލީ ކުންފުންޏަށް ވިޔަފާރި ޑީލްތައް ދޭ ޤައުމެކެވެ. އެމެރިކާގެ އައިޑަހޯގައި ހުންނަ މައުންޓަން ހޯމް އެއަރ ބޭސްގައި ޤަތަރުގެ އަމީރީ އެއަރފޯސްގެ ފެސިލިޓީއެއް ގާއިމުކުރުމަށް އެމެރިކާއިން ހުއްދަ ދީފިއެވެ. މި ފެސިލިޓީގައި އެފް-15 ގެ ހަނގުރާމަ ވެރި މަތިންދާބޯޓުތަކާއި ޤަތަރުގެ ޕައިލެޓުން ތިބޭނެއެވެ. މީގެ މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އެކުގައި ތަމްރީނު ކުރުމާއި، ސިފައިންގެ އެއްބާރުލުން އިތުރުކުރުމެވެ. މިކަން އިއުލާން ކޮށްފައި ވަނީ ޒަޔަނިސްޓު އިސްރާއީލުން ދޯހާއަށް ދިން ޓެރަރިސްޓް ހަމަލައާ، ޤަތަރު ދިފާއުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގްޒެކެޓިވް އޯޑަރެއްގައި ސޮއިކުރެއްވި ފަހުންނެވެ. އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތް މިކަން ފާހަގަކުރެއްވީ ދެ ގައުމުގެ ދެމެދު "ފުން ބައިވެރިކަމުގެ" ނިޝާނެއްގެ ގޮތުގައެވެ. އަދި ޤަތަރުގެ ދިފާއީ ވަޒީރު ވެސް ވަނީ ދެ ޤައުމުގެ ދެމެހެއްޓެނިވި ގުޅުމަށް ތައުރީފުކުރެއްވިއެވެ. ޤަތަރަށް ކިހާ ދުވބަހެއް ވަންދެން ކިހާ މިނިވަންކަމާއެކު އެމެރިކާގެ މި އަސްކަރީ މަރުކަޒުގައި ތިބެވިދާނެތޮއާ މެދު އޮންލައިން ކޮށް މީހުން ވަނީ ސއާލު އުފައްދާފައެވެ.  

ގުޅުންހުރި ޚަބަރު