ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
ދީނަށް ފުރައްސާރަ ކޮށްގެން މަރުގެ ހުކުމް އިއްވާފައިވާ މީހަކު ސަލާމަތް ކޮށްދީފި
ދުނިޔެ

ދީނަށް ފުރައްސާރަ ކޮށްގެން މަރުގެ ހުކުމް އިއްވާފައިވާ މީހަކު ސަލާމަތް ކޮށްދީފި

އއިބްރާހީމްް ސަމީރު11 އޮކްޓޯބަރު 2025
ދީނަށް ފުރައްސާރަ ކުރުމުގެ ކުށުގައި ދަންޖައްސަން ޙުކުމް ކޮށްފައިވާ މީހަކު ޕާކިސްތާންގެ ސުޕްރީމް ކޯޓުން ސަލާމަތް ކޮށްދީފިއެވެ. ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ 74 އަހަރުގެ އަންވަރު ކެނެތްގެ މައްޗަށް ކޮށްފައިވާ ދީނަށް ފުރައްސާރަ ކުރުމުގެ ދަޢުވާއިން އޭނާ ބަރީއަކޮށްދީފައެވެ. މިއީ އޭނާގެ ނަފްސާނީ ބަލި ހާލަތަށާއި، ދަޢުވާ ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމަށް ރިޢާޔަތްކޮށް ބޮޑު ކޯޓުން ނިންމި މުހިންމު ނިންމުމެކެވެ. ބައިޕޯލަރ އެފެކްޓިވް ޑިސްއޯޑަރގެ ނަފްސާނީ ބައްޔަށް ފަރުވާ ހޯދަމުންދާ ކެނެތްގެ މައްޗަށް 2014 ވަނަ އަހަރު ލާހޯރު ހައި ކޯޓުން މަރުގެ ޙުކުމް ކޮށްފައިވަނީ ޕާކިސްތާނު ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. މި ހުކުމަށް ބަދަލު ގެންނަމުން ސުޕްރީމް ކޯޓުގެ ބެންޗުން ފާހަގަކުރި ގޮތުގައި ދަޢުވާ އުފުލި މައްސަލައިގެ ޝަރީޢަތުގައި ނަފްސާނީ ބަލީގެ ހާލަތު ވަޒަންކުރުން ހިމެނިފައި ނުވެއެވެ. ކޯޓުން ވަނީ ކެނެތުއާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ބޭނުންކުރި ކެނެތްގެ ލިޔުންތަކަކީ ކުށެއް ކުރުމުގެ ނިޔަތުގައި ލިޔެފައިވާ އެއްޗެއް ނޫންކަމަށާއި، އެއީ އޭނާގެ ނަފްސާނީ ބައްޔާ ގުޅިފައިވާ ކަންކަން ކަމުގައި ކަނޑައަޅާފައެވެ. އެހެން މައްސަލައެއްގައި ހައްޔަރުކުރެވިފައި ނުވާނަމަ އޭނާ ދޫކޮށްލުމަށާއި، ޕާކިސްތާނު އިންސްޓިޓިއުޓް އޮފް މެންޓަލް ހެލްތުން ލަފާދީފައިވާ ގޮތަށް އޭނާގެ ފަރުވާ ކުރިއަށް ގެންދިއުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ގުޅުންހުރި ޚަބަރު