ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ކާނާ ވިހަވެގެން ސްކޫލު ކުދިން ހަސްފަތާލަށް
ދުނިޔެ

ކާނާ ވިހަވެގެން ސްކޫލު ކުދިން ހަސްފަތާލަށް

އއިބްރާހީމްް ސަމީރު15 އޮކްޓޯބަރު 2025
ޗައިނާގެ ގުއަންގްޑޮންގް، ޝަންޑޮންގް އަދި ގުއިޒޯ ޕްރޮވިންސްތަކުގައި ސެޕްޓެމްބަރ މަހު، ކާބޯތަކެތިން ވިހަވުމުގެ 3 ހާދިސާއެއް ހިނގައިފައި ވެއެވެ. މިކަމާ ގުޅިގެން ގިނަ އަދަދެއްގެ ކުޑަ ކުދިން ހޮސްޕިޓަލްގައި އެނދުމަތިކުރަން ޖެހުނެވެ. މި ހާދިސާތަކުން ކާބޯތަކެތީގެ ރައްކާތެރިކަން ބެލެހެއްޓުމުގެ ނިޒާމުގެ ބޮޑެތި  މައްސަލަތައް ހާމަވެގެން ދިޔައެވެ. ސެޕްޓެމްބަރ 11 ގައި ގުއަންގްޑޮންގްގައި އިބްތިދާއީ ސްކޫލްގެ 94 ކުދިން ބަލިވިއެވެ. ސެޕްޓެމްބަރ 12 ގައި ޝަންޑޮންގްގައި 138 ކުދިން އަދި ސެޕްޓެމްބަރ 18 ގައި ގުއިޒޯގައި 100 އަށްވުރެ ގިނަ މީހުން ކާނާ ވިހަވެގެން ބަލިވިއެވެ. ގުއިޒޯގެ ހާދިސާގައި ގިނަ ބަޔެއްގެ ގުނަވަން ފޭލްވެ، ލޭމަނާ ނުވެ، ކުއްލި ހާލަތުގައި ސާޖަރީ ހަދަން ޖެހުނެވެ. މި ހާދިސާތަކުގައި ސަރުކާރުން ހާދިސާތަކުގެ ނުރައްކާތެރިކަން ކުޑަކޮށް ދެއްކުމަށް މަސައްކަތްކޮށް، މައިންބަފައިން އިންޓަނެޓަށް ލީ މައުލޫމާތު ފޮހެލުމަށް ބާރުއަޅާފައިވެއެވެ. މިއީ ހަމައެކަނި އިހުމާލެއް ނޫންކަމަށާއި، ރިޝްވަތާއި، ސެންސަރޝިޕް އަދި އޮފިޝަލުންނާއި ވިޔަފާރިތަކުގެ މެދުގައި އޮންނަ ގުޅުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ދިމާވާ މައްސަލައއް ކަމަށް ބުނެ މީހުން ޝަކުވާ ކޮށްފައި ވެއެވެ.

ގުޅުންހުރި ޚަބަރު