ދިވެހި|English 9 ޖުލައި 2026 · 04:22
Top banner
Advertisement
އައިސީޖޭއަށް އެމެރިކާއިން ފާޑު ކިޔައިފި
ދުނިޔެ

އައިސީޖޭއަށް އެމެރިކާއިން ފާޑު ކިޔައިފި

އއިބްރާހީމްް ސަމީރު23 އޮކްޓޯބަރު 2025
ޖެނޮސައިޑް ހިންގާ އިޒްރޭލުން އޮންރުވާއަށް ދަތިކުރުން ހުއްޓާލުމަށާއި ޣައްޒާއަށް އެހީ ވެއްދުމަށް ހުއްދަ ދިނުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއިން އަންގައިފިއެވެ. އެމެރިކާއިން ވަނީ އައި ސީޖޭގެ ނިންމުމަށް ފާޑު ކިޔައި ފައެވެ. ބުނެފައިވަނީ އެއީ ކޮރަޕްޓް ނިންމުމެއް ކަމަށެވެ. އެމެރިކާއަކީ ޖެނޮސައިޑް ހިންގުމަށް އިސްކޮށް ހިތްވަރުދޭ ގައުމެވެ. އައިސީޖޭއިން ބުނެފައި ވަނީ، އޮންރުވާގެ މުވައްޒަފުންނަކީ ހަމާސްގެ މެމްބަރުންކަމަށް ޖެނޮސައިޑް ހިންގާ އިސްރާއީލުން ބުނާ ވާހަކަ އެފަރާތަށް ސާބިތުކޮށް ނުދެވުނު ކަމަށެވެ. މިއީ އައިސީޖޭއިން  ދީފައިވާ އިސްތިޝާރީ ރައުޔެކެވެ. އދގެ ސެކްރެޓަރީ ޖެނަރަލް އެންތޯނިއޯ ގުޓަރޭސް ވަނީ މި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އަދި ޔަހޫދީ ދައުލަތުން މިއަށް ބޯލަނބާނެ ކަމަށް އުންމީދު ކުރައްއވާ ކަމަށް ވިދާޅުވެފައެވެ. އައިސީޖޭއަކީ އދގެ އެންމެ މަތީ ޤާނޫނީ އިދާރާ އެވެ. މި އިދާރާއިން މިހާތަނަށް އިސްރާއީލާ 3 ފަހަރަށްވެސް ނިންމުން ނިންމާފައިވާ އިރު ޔަހޫދީން މިއިން އެއްވެސް ނިންމުމަކަށް އިހުތިރާމް ކޮށްފައެއް ނުވެއެވެ. އައިސީޖޭއިން ބުނީ އިސްތިއުމާރީ ބަރުގެ ހައިސިއްޔަތުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުން ފަސޭހަކޮށްދިނުމަށް އިސްރާއީލުގެ މައްޗަށް ލާޒިމުވާ ކަމަށާއި، އަދި އެ ސަރަޙައްދުގައި ހަނގުރާމައިގެ ވަސީލަތެއްގެ ގޮތުން ބަނޑަށް ޖެއްސުން ބޭނުންނުކުރުމަށް ވެސް އެ ކޯޓުން ވަނީ ހަނދާންކޮށްދީފަ އެވެ.

ގުޅުންހުރި ޚަބަރު