ދިވެހި|English 10 ޖުލައި 2026 · 01:30
Top banner
Advertisement
އަވާމީ ލީގްގެ މުޒާހަރާއަކަށް ހަމަލަ ދީ މީހުން ހައްޔަރުކޮށްފި
ދުނިޔެ

އަވާމީ ލީގްގެ މުޒާހަރާއަކަށް ހަމަލަ ދީ މީހުން ހައްޔަރުކޮށްފި

އއިބްރާހީމްް ސަމީރު23 އޮކްޓޯބަރު 2025
އަވާމީ ލީގުން އިންތިޒާމު ކުރި ސުލްހަވެރި ހިނގާލުމަކަށް ބަންގްލަދޭޝްގެ ފުލުހުންނާއި ސަރުކާރަށް ސަޕޯޓު ކުރާ ފަރާތްތަކުން ހަމަލަ ދީފިއެވެ. އަދި މުޒާހަރާތަކުން މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި ގިނަ ބަޔަކަށް ޒަޚަމްވެފައިވާ ކަމަށްވެސް އަވާމީ ލީގުން ބުނެއެވެ. ޑަކާގެ އެކި ސަރަހައްދުތަކުގައި ކުއްލި ހިނގާލުންތަކެއް ބޭއްވުމާ ގުޅިގެން އަވާމީ ލީގާއި އެ ޕާޓީއާ ގުޅުންހުރި ޖަމާއަތްތަކުގެ 131 މެންބަރުން ވަނީ ހައްޔަރުކޮށްފައެވެ. ހަމަލަ ދިން ފަރާތްތަކކުގެ ތެރޭގައި ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) ފވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ. އަވާމީ ލީގުން ބުނާގޮތުގައި މިއީ އެ ޕާޓީއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން ބައެކެވެ. އަވާމީ ލީގުން ވަނީ މި "މޮބް ޓެރަރިޒަމް" ގެ އަމަލެއއް ކަމަށް ސިފަ ކޮށްފައެވެ. އަދި "ޤާނޫނާ ޚިލާފު ހައްޔަރުކުރުންތައް" ކުށްވެރިކޮށް، އަނިޔާ ލިބުނު މީހުންނަށް އެކަށީގެންވާ ފަރުވާ ދިނުމަށް ގޮވާލާފައެވެ.

ގުޅުންހުރި ޚަބަރު