ދިވެހި|English 9 ޖުލައި 2026 · 05:08
Top banner
Advertisement
ޗައިނާގެ އިގްތިސާދު ވަޅުޖެހެނީ
ދުނިޔެ

ޗައިނާގެ އިގްތިސާދު ވަޅުޖެހެނީ

އއިބްރާހީމްް ސަމީރު17 ސެޕްޓެމްބަރު 2024
ޗައިނާގެ އިގްތިސާދު ވަޅުޖެހެމުންދާ ކަމަށް ބެއިޖިންގ އިން ހާމަ ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ހަފްތާ ބަންދުގައި ޝާއިއުކުރި ރިޕޯޓްތަކުން ދައްކާ ގޮތުގައި ސިނާއީ އުފެއްދުންތަކާއި އިންވެސްޓްމަންޓާއި ރައްޔިތުންގެ މުދަލާއި ޚިދުމަތަށް ކުރާ ޚަރަދު ލަފާކުރި ވަރަށް ވުރެ ބޮޑަށް މަޑުޖެހިފައި ވެއެވެ. ޗައިނާގެ އިޤްތިޞާދަށް ދިމާވެގެން އުޅޭ މައްސަލައަކީ ހީކުރި މިންވަރަށް ވުރެން އިޤްތިޞާދީ ތަރައްޤީގެ ދުވެލި ލަސްވުމެކެވެ. އޮގަސްޓް މަހު ރީޓެއިލް ވިޔަފާރި  2.1 އިންސައްތައަށް އިތުރުވެފައި ވެއެވެ. ނަމަވެސް މިއީ ރޮއިޓާސް އިން ކުރި ސާވޭއެއްގައި އިގްތިސާދީ މާހިރުން ޗައިނާގެ ރިޓެއިލް ވިޔަފާރި ކުރިއަރާނެ ކަމަށް ލަފާ ކުރި %2.5 އަށް ވުރެން ދަށް ޢަދަދެކެވެ. ޖުލައި މަހު %2.7 ގައި ކުރިއެރުމަށް ފަހު އަނެއްކާވެސް ދުވެލި މަޑު ޖެހުނީ އެވެ. މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު އޮގަސްޓް މަހު ސިނާއީ އުފެއްދުންތެރިކަން %4.5 އަށް އިތުރުވެފައި ވެއެވެ. އެކަމަކު ރޮއިޓާސްއިން ލަފާކޮށްފައި ވަނީ %4.8 އަށް ކުރި އަރާނެ ކަމަށެވެ. އަދި އެއީ، ޖުލައި މަހު ގެ %5.1 އަށް ވުރެން ދަށް ޢަދަދެއްވެސް މެއެވެ. ޗައިނާގެ ފިކްސްޑް އެސެޓް އިންވެސްޓްމެންޓް ޖެނުއަރީ އިން އޮގަސްޓް މަހުގެ ނިޔަލަށް ވަނީ %3.4 އަށް އިތުރު ވެފައެވެ. މިއީ %3.5 ކުރިއަރާނެ ކަމަށް ލަފާކުރި ވަރަށްވުރެ ޕޮއިންޓް އެއް ޕަސެންޓް މަދު ޢަދަދެކެވެ. ވަޒީފާނެތް މީހުންގެ ނިސްބަތް ޗައިނާގައި ވަނީ ހަމަސްތެރޭގައި ހީވެސް ނުކުރާވަރަށް އިތުރުވެފައެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ސިނާއީ އުފެއްދުން އޮގަސްޓް މަހު ފެންނަނީ، ފަސް މަސް ދުވަހުގެ ތެރޭގައި ކުރިން ދަށްނުވާ މިންވަރަށް ދަށްވެފައިވާ ތަންކަމަށް ގޯލްޑްމަން ސެކްސް އާއި ސިޓީގްރޫޕުން ބުނެފައި ވެއެވެ. ޗައިނާގެ އިގްތިސާދު ކުރިން ލަފާކުރި ގޮތާ ޚިލާފަށް މިހާރު އަންދާސާކޮށްފައި ވަނީ %4.7 ކުރިއަރާނެ ކަމަށެވެ. ކުރިން ޗައިނާގެ އިޤްތިޞާދު ތަރައްޤީވާނެ ކަމަށް އަންދާސާކޮށްފައި އޮތީ 5 ޕަސެންޓްގައެވެ. އޮގަސްޓްމަހު އިޤްތިޞާދީ ޙަރަކާތްތައް ހީނަރުވުމުން، މުދަލާއި ޚިދުމަތަށް އެދޭ މިންވަރު އިތުރުކުރުމަށް ހިތްވަރު ދިނުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ. ޗައިނާއިން ވަނީ އެމެރިކާގެ ރެޕް އާޓިސްޓް، ކުރިން ކެޔަން ވެސްޓްގެ ނަމުން މަޝްހޫރު ފަންނާނަށް ޗައިނާގައި ކޮންސެޓް ބޭއްވުމަށް ހުއްދަ ދީފައެވެ. މިހާރު ޔޭ ނަމަށް ނަން ބަދަލުކޮށްފައިވާ އާޓިސްޓަށް ޗައިނާއިން ހުއްދަ ދިނީ، މީހުން ފައިސާ ހޭދަ ކުރުމަށް ހިތްވަރުދީ ޓޫރިޒަމް ޕްރޮމޯޓު ކުރުމުގެ މަޤްޞަދުގައި ކަމަށް ނިއުޔޯކު ޓައިމްސްއިން ބުނެއެވެ.

ގުޅުންހުރި ޚަބަރު