ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ބައިނަންސްގެ ބާނީ ޗަންޕެން ޒާއޯއަށް ޓްރަމްޕް މަޢާފު ދެއްވައިފި
ދުނިޔެ

ބައިނަންސްގެ ބާނީ ޗަންޕެން ޒާއޯއަށް ޓްރަމްޕް މަޢާފު ދެއްވައިފި

އއިބްރާހީމްް ސަމީރު26 އޮކްޓޯބަރު 2025
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކްރިޕްޓޯކަރަންސީގެ މަޝްހޫރު އެކްސްޗޭންޖް ޓޫލް ބައިނަންސްގެ ބާނީ ޗަންޕެން ޒާއޯ (ސީޒެޑް) އަށް މަޢާފު ދެއްވައިފައެވެ. ވައިޓް ހައުސް އިން ބުނެފައިވަނީ، ޓްރަމްޕްގެ ކުރިން ރައީސްކަން ކުރެއްވި ޖޯ ބައިޑަން ވަނީ ކްރިޕްޓޯ ކަރަންސީގެ ދާއިރާއާ ދެކޮޅަށް ބޭކާރު "ހަނގުރާމައެއް" ފަށާފައި ކަމަށެވެ. ބައިނަންސް އުފައްދާފައިވަނީ 2017 ވަނަ އަހަރުގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ކްރިޕްޓޯ ކަރަންސީ އެކްސްޗޭންޖް ވަނީ ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ އެކްސްޗޭންޖްގެ މަގާމު ހޯދައިފައވެ. އަދި، ޒާއޯ ("ސީޒެޑް") ވަނީ މިލިއަނަރަކަށް ވެފައެވެ. އެހެންނަމަވެސް، އެކްސްޗޭންޖްގެ މަސައްކަތްތަކާ ގުޅިގެން ހިންގި ތަހުގީގެއްގައި، ޒާއޯ ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު އެމެރިކާގައި ފައިސާ ދޮވުމާ ދެކޮޅަށް އެކުލަވާފައިވާ ގާނޫނުތަކާ ޚިލާފުވެފައިވާ ކަމަށް އިއުތިރާފްވެފައެވެ. އެއަށްފަހު، އެކަމުގެ އަދަބެއްގެ ގޮތުން 2024 ވަނަ އަހަރު އޭނާ ވަނީ ޖަލުގައި ހަތަރު މަސް ދުވަހުގެ މުއްދަތެއް ފުރިހަމަ ކޮށްފައެވެ. މި މަޢާފާ ގުޅިގެން ވައިޓް ހައުސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ޒާއޯއަށް ދެވުނު އަދަބަކީ ބޭއިންސާފު އަދަބެއް ކަމަށާއި، ބައިޑަންގެ ވެރިކަމުގައި މާލީ އީޖާދީ ދާއިރާތަކަށް ހުރަސް އެޅޭނެހެން "ބާރުގެ ބޭނުންކޮށްފައި"ވާ ކަމަށެވެ. ޓްރަމްޕްގެ ސަރުކާރުން ބުނެފައިވަނީ، މި މަޢާފަކީ އިޤްތިޞާދީ މިނިވަންކަމާއި، އީޖާދީ ދާއިރާތަކަށް ހިތްވަރު ދިނުމުގެ ސިޔާސަތާ އެއްގޮތަށް ކުރެވުނު ކަމެއް ކަމަށެވެ. ޒާއޯ ވަނީ މި މަޢާފަށް ޝުކުރު އަދާކޮށް، ކުރިއަށް އޮތްތަނުގައި އޭނާގެ މަސައްކަތްތައް މާލީ ޓެކްނޮލޮޖީގެ ދާއިރާ ތަރައްޤީ ކުރުމަށް ފޯކަސް ކުރާނެ ކަމަށް ބުނެފައެވެ. ސީޒެޑްގެ މަޢާފަކީ ކްރިޕްޓޯގެ ދާއިރާގައި ބޮޑު ސަމާލުކަމެއް ލިބުނު ކަމެކެވެ. ޚާއްސަކޮށް، އެމެރިކާގައި ޑިޖިޓަލް އެސެޓްގެ ސިޔާސަތުތަކަށް  ބަދަލު އަންނާނެ ކަމުގެ އުއްމީދު މި ދާއިރާގެ ބައިވެރިންގެ މެދުގައި ވަނީ އާލާވެފައެވެ. ޓްރަމްޕް ވަނީ މީގެ ކުރިންވެސް ކްރިޕްޓޯއަށް ތާއީދު ކުރައްވާ ވާހަކަ ދައްކަވާފައެވެ. އަދި އޭނާގެ އާއިލާއަކީ ޔޫއޭއީގެ ޝާހީއާއިލާއާ ގުޅިގެން ކްރިޕްޓޯ މައިން ކުރުމުގެ މަސައްކަތް ކުރާ ބައެކެވެ.

ގުޅުންހުރި ޚަބަރު