ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ރައީސްގެ ރަށްވެހިކަންވެސް ނިގުޅައިގެންފި
ދުނިޔެ

ރައީސްގެ ރަށްވެހިކަންވެސް ނިގުޅައިގެންފި

އއިބްރާހީމްް ސަމީރު26 އޮކްޓޯބަރު 2025
ޖެން ޒީ ކުދިންގެ މުޒާހަރާއާ ގުޅިގެން މިދިޔަ ހަފުތާގައި ވެރިކަމުން ބޭލި މަޑަގަސްކަރާގެ މައުޒޫލު ރައީސް އަންޑްރީ ރަޖޯއެލީނާގެ ރައްޔިތުކަން އާ ސަރުކާރުން ނިގުޅައިގެންފިއެވެ. އާ ބޮޑުވަޒީރު ހެރިންސަލާމާ ރާޖައޮނަރިވެލޯ ސޮއިކުރެއްވި ގަރާރުގައި ވަނީ ބޭރުގެ ރައްޔިތުކަން ހޯދާ މީހުންގެ މަލަގާސީ ރަށްވެހިކަން ގާނޫނީ ގޮތުން ގެއްލޭ ކަމަށް ބުނެ، ގާނޫނާ ހަވާލާ ދީފައެވެ. އުމުރުން 51 އަހަރުގެ ރާޖޯއެލީނާ ވަނީ މީގެ ދިހަ އަހަރު ކުރިން ފްރާންސްގެ ރައްޔިތުކަން ހޯދާފައެވެ. އެކަމާ ގުޅިގެން އޭނާގެ ކެންޑިޑެސީ ބާޠިލު ކުރުމަށްވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގޮވާލާ ފައި ވެއެވެ. ކަރަންޓާއި ފެނުގެ ދަތިކަމާ ގުޅިގެން ހަފްތާތަކެއް ވަންދެން ޖެން ޒީ ކުރި މުޒާހަރާގައި ރައީސް ވަނީ ބޭރުކޮށްލާފައެވެ. އެއަށްފަހު ކާނަލް މައިކަލް ރެންޑްރިއަނިރީނާ ވަނީ ވެރިކަން ހޯދާފައެވެ. މަލަގާސީގެ ޖެން ޒީ އިން މުޒާހަރާތައް ފެށީ ނޭޕާލުގައި ޖެން ޒީ އިން ސަރުކާރާ ދެކޮޅަށް ގެންދިޔަ ހަރަކާތުންނެވެ.

ގުޅުންހުރި ޚަބަރު