ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
އިންޑިއާގެ ވީޕީ ސީޝެލްސްއަށް
ދުނިޔެ

އިންޑިއާގެ ވީޕީ ސީޝެލްސްއަށް

އއިބްރާހީމްް ސަމީރު26 އޮކްޓޯބަރު 2025
ސީޝެލްސްގެ އިންތިހާބީ ރައީސް ޕެޓްރިކް ހަރްމިނީގެ ހުވާ ކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނީ އިންޑިއާގެ ނައިބު ރައީސް ސީޕީ ރާދަކްރިޝްނާން އެވެ. އިންޑިއާއިން ވަނީ ސީޝެލްސްއާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕް ހަރުދަނާ ކުރަން ނިންމައިފައެވެ. އިންޑިއާގެ ހައިކޮމިޝަނަރު ރޯހިތު ރަތީޝް ފާހަގަކުރެއްވި ގޮތުގައި ބޮޑުވަޒީރު މޯދީގެ ‘މަހާސާގަރު’ ތަސައްވުރަކީ އިންޑިއާ ކަނޑުގައި ސީޝެލްސްގެ މުހިންމު ދައުރާ އެއްގޮތްވާ ނަޒަރިއްޔާތެއް ކަމަށާއި ކަނޑުގެ ސަލާމަތާއި ދިފާއީ ދާއިރާއާއި ފަތުރުވެރިކަމާއި އިއާދަކުރަނިވި ހަކަތައަށް އިންޑިއާއިން ސީޝެލްސްއަށް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމުގައި އެއްބާރުލުންދީ އާޓިފިޝަލް އިންޓެލިޖެންސް ފަދަ ކުރިއަރަމުން އަންނަ ޓެކް ދާއިރާތަކުން ގުޅުން ބަދަހި ކުރުމަކީ ވެސް އިންޑިއާގެ އަމާޒެވެ. އިންޑިއާގެ ނާއިބް ރައީސްގެ މި ދަތުރުފުޅަކީ ސަރަހައްދީ މައްސަލަތަކަށް އިސްކަންދޭ ކަންކަމާއި ދިގުދެމިގެންދާ އެކުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ދެގައުމުގެ ގުޅުމުގެ އާ ބާބެއް ކަމުގައި ސަފީރު ވިދާޅުވެއެވެ.

ގުޅުންހުރި ޚަބަރު