ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އެމެރިކާގެ ޓެރަރިޒަމާ ހެދި ވެނެޒުއޭލާއިން އަސްކަރީ އެހީތެރިކަން ހޯދަނީ
ދުނިޔެ

އެމެރިކާގެ ޓެރަރިޒަމާ ހެދި ވެނެޒުއޭލާއިން އަސްކަރީ އެހީތެރިކަން ހޯދަނީ

އއިބްރާހީމްް ސަމީރު2 ނޮވެމްބަރު 2025
ކެރިބިއަން ސަރަހައްދުގައި އެމެރިކާއިން ފަށާފައިވާ ޓެރަރިސްޓް ހަރަކާތްތައް އިތުރުވަމުންދާތީ، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ވަނީ ރަޝިޔާ، ޗައިނާ އަދި އީރާނާ ގުޅައިގެން އަވަހަށް އެގައުމަށް ދިފާއީ އެހީތެރިކަން ފޯރުވައި ދިނުމަށް އެދިވަޑައިގެންފައެވެ. މިކަމުގެ ސަބަބުން، އެމެރިކާއާ ދެކޮޅު ގައުމުތަކަށް ވެނެޒުއޭލާ ގެ ދިފާއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާކަން ހާމަވެއެވެ. އެމެރިކާގެ ޖާސޫސީ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ރައީސް މަދޫރޯ ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އަދި ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ސިޓީ ފޮނުއްވާފައެވެ. މި ސިޓީތަކުގައި ރާޑަރ ސިސްޓަމްތަކާއި، މަތިންދާ ބޯޓު މަރާމާތުކުރުމުގެ އެހީތެރިކަމާއި އަދި ބައެއް މިސައިލް ފޯރުވައި ދިނުމަށް އެދިވަޑައިގެންފައިވެއެވެ. މި އެހީތެރިކަމަކީ އެމެރިކާގެ ޓެރަރިސްޓް ހަރަކާތްތަކާ ކުރިމަތިލުމަށް ވެނެޒުއޭލާގެ ސިފައިންގެ ބާރު ގަދަ ކުރުމަށް ކުރާ މަސައްކަތެކެވެ. މީގެ އިތުރުން، ވެނެޒުއޭލާއިން ވަނީ އީރާނާ ގުޅައިގެން ޑްރޯންތަކާއި ޖީޕީއެސް ޖޭމް ކުރުމުގެ ސާމާނު ހޯދުމަށް ވެސް މަސައްކަތްކޮށްފައެވެ. އެމެރިކާއިން ދަނީ ވެނެޒުއެލާގެ ސިޔާދަތަށް އަރައިގެންފައެވެ. މިއީ އެމރިކާއިން އާންމުކޮށް އެ ސަރަހައްދުގައި ގެންގުޅޭ ސިޔާސަތެކެވެ.

ގުޅުންހުރި ޚަބަރު