ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
އެމެރިކާގެ ނާއިބް ރައީސަށް އެރިކާ ކާކް ހިތް ކިޔައިގެން ވަރީގެ ވާހަކަ ފެތުރެނީ
ދުނިޔެ

އެމެރިކާގެ ނާއިބް ރައީސަށް އެރިކާ ކާކް ހިތް ކިޔައިގެން ވަރީގެ ވާހަކަ ފެތުރެނީ

އއިބްރާހީމްް ސަމީރު2 ނޮވެމްބަރު 2025
މަރާލާފައިޥާ ޓްރަމްޕްގެ ސަޕޯޓަރު ޗާލީ ކާކްގެ ހުވަފަތް އަންހެނުން އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސަށް ހިތްކިޔައިގެން އުޅޭ ކަމަށާއި ނާއިބް ރައީސާއި އަންހެނުންގެ ދެމެދު މައްސަލައެއް އުޅޭ ކަމަށް މީޑިއާގައި ކިޔަން ފަށައިފިއެވެ. އެރިކާ ކާކް، ނާއިބް ރައީސްގެ ގައިގައި ބާރަށް ބައްދާ މަންޒަރާއެކު ވެންސްގެ ކައިވެންޏާއި ސިޔާސީ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ކަމަށް ގިނަ ބަޔަކު ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ ޓާނިންގ ޕޮއިންޓް ޔޫއެސްއޭ ކެމްޕަސް އިވެންޓެއްގެ ތެރޭގައެވެ. ޓްރަމްޕްގެ ސަޕޯޓަރު ޗާލީ ކާކް ޝައްކު ކުރެވޭ ގޮތަކަށް މަރާލާފައި ވަނީ ސެޕްޓެމްބަރު މަހު އެވެ. ޓާނިންގ ޕޮއިންޓް ބައްދަލުވުމުގައި އެރިކާ ކާކް ބުނަނީ، "އަހަރެންގެ މަރުވެފައިޥާ ފިރިމީހާގެ ކިބައިން ފެނުނު ސިފަތައް އަހަރެންނަށް ޖޭޑީގެ ކިބައިން އެބަ ފެނޭ" ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ނިއުޔޯކް ޓައިމްސްގައި ލިޔުންތެރިޔާ ޝެނަން ވޮޓްސް ލިޔެފައިވަނީ، "ވެންސް އަންހެނުން ވަރިކުރާނެކަން އިއުލާނުކޮށް، 2026 ވަނަ އަހަރުގެ ނިޔަލަށް ޗާލީ ކާކްގެ ހުވަފަތް ކަމަނާއާ ކައިވެނިކުރާނެ،" ކަމަށެވެ. މި މޭރުމުން އޭނާ ކުރި ޓުވީޓު މިހާރު 9 މިލިއަނަށް ވުރެ ގިނަ މީހުން ބަލާފައި ވެއެވެ. ޖިންސުގެ ހަމަހަމަކަމަށް މަސައްކަތް ކުރާ އެރީ ޑްރެނަން ވެސް ބުނަނީ ނާއިބް ރައީސްގެ މަގާމުގައި ހުރެގެން އަންހެނުން ވަރިކުރާ ފުރަތަމަ ނައިބު ރައީސަކީ ޖޭޑީ ވެންސް ކަމުގައި ވެދާނެ ކަމަށެވެ. ވެންސްގެ އަނބިކަނބަލުން އޫޝާ ވެންސްއަކީ ހިންދީންގެ ދީނަށް ތަބާވާ، ތެލުގޫ ދަރިކޮޅުގެ މީހެކެވެ. އޭނާގެ ދީނަކީ އެމެރިކާ ހަރުކަށި ނަސާރާއިންގެ މެދުގައި ހޫނު ބަހުސެކެވެ. އަދި މި ބަހުސް އިތުރަށް ވައިގައި ހިފީ، ޓާނިން ޕޮއިންޓްގެ ބައްދަލުވުމުގައި ވެންސް ދެއްކި ވާހަކައަކާ ގުޅިގެންނެވެ. އޭނާ ބުނެފައި ވަނީ ކޮންމެވެސް ދުވަހަކުން އޭނާގެ އަންހެނުން ބުދަށް އަޅުކަން ކުރުން ހުއްޓާލައި ނަސާރާ ދީނަށް ވަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. ނަމަވެސް ފަހުން ސޯޝަލް މީޑިއާގައި އޭނާ ވަނީ އޫޝާ ދީން ބަދަލުކުރުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށް ވިދާޅުވެފައެވެ. މި ހުރިހައި ވާހަކައެއް ދައްކަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖޭޑީ ވެންސް ނެރުމަށް ހުދު ކުލައިގެ ހަރުކަށި ނަސާރާއިން ބޭނުންވާތީއެވެ. ހިންދީ ދީނުގެ ފަސްޓްލޭޑީއެއް އެމީހުން ބޭނުމެއް ނުވެއެވެ.

ގުޅުންހުރި ޚަބަރު