ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
އަންހެނަކު މަތިންދާބޯޓަށް އަރުވަން ދެކޮޅު ހަދައިފި
ދުނިޔެ

އަންހެނަކު މަތިންދާބޯޓަށް އަރުވަން ދެކޮޅު ހަދައިފި

އއިބްރާހީމްް ސަމީރު5 ނޮވެމްބަރު 2025
ވިއެޓްނާމްގެ އަންހެނަކު ވަނީ ބަރު އަތް ދަބަހަކާއެކު މަތިންދާބޯތަށް އަރަން އުޅެފައެވެ. އާންމުކޮށް އަތް ދަބަސް 7 ކިލޯއަށް ވުރެން އިތުރު ވެއްޖެނަމަ މައްސަލައަކަށް ވެއެވެ. މި ކަނބުލޭގެ ބަރު އަތް ދަބަހާ ހެދި އެއާލައިންސްގެ މުވައްޒަފުން މައްސަލަ ޖެއްސުމުން ބިންމަތީގައި ފައިންތަޅައި މުވައްޒަފުންނާ ޒުވާބުކޮށްފައި ވެއެވެ. މިމީހާގެ ވީޑިއޯ މިހާރު ވަނީ މީސްމީޑިއާގައި ވައިރަލް ވެފައެވެ. މި އަންހެންމީހާ އުޅުނީ 21 ކިލޯގެ ބަރުދަން ހުރި އަތް ދަބަހަކާއެކު ބޯޓަށް އަރާށެވެ!

ގުޅުންހުރި ޚަބަރު