ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ފިރުއަނު ޒަމާނުގެ ބަސް މިސްރުގައި ކިޔަވައިދޭން އުޅެނީ ބާ؟
ދުނިޔެ

ފިރުއަނު ޒަމާނުގެ ބަސް މިސްރުގައި ކިޔަވައިދޭން އުޅެނީ ބާ؟

އއިބްރާހީމްް ސަމީރު5 ނޮވެމްބަރު 2025
މިސްރުގެ 5200 އަހަރު ވެފައިވާ ފިރުއަނުގެ ހަޟާރާގެ ހިރޮގްލަފީ ބަސް ކިޔަވައިދޭން އުޅޭ ކަމަށް ބައެއް ފަރާތްތަކން ބުނެފިއެވެ. މިސްރުގެ ކުރީގެ އާސާރާ ބެހޭ މިނިސްޓަރު ޒާހީ ހައްވާސް ވަނީ މި ބަސް ކިޔަވައި ދޭން ޖެހޭނެ ކަމަށް ބުނެފައެވެ. އަދި ސާނަވީގެ އެންމެ މަތީ 3 ކިލާހުގައި ހިރޮގްލަފީ ބަސް ކިޔަވައި ދޭން އުޅޭ ކަމަށް ބުނެ ބައެއް ޚަބަރުތައްވެސް ފަތުރާފައި ވެއެވެ. މިސްރުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެފަދަ ވިސްނުމެއް ނެތް ކަމަށް ބުނެފައެވެ. ފިރުއައުނު ޒަމާނުގެ ބަހުން ވާހަކަދައްކާ އަދި އެބަސް ބޭނުން ކުޜާ ބަޔަކުވެސް ނޫޅެއެވެ. އަދި މިސްރުގައި ލިޔަންކިޔަން ނުދަންނަ މީހުން ގިނައިރު އެކަމަށް ސަރުކާރުން ފޯކަސް ކުރުން ރަނގަޅުވާނެ ކަމަށވެސް ގިނަ ބަޔަކު ވަނީ ބނފައެވެ.

ގުޅުންހުރި ޚަބަރު