ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އިންޑިއާ ވޯޓުލާމީހުންގެ ލިސްޓްގައި ބްރަޒިލް އަންހެނެއް
ދުނިޔެ

އިންޑިއާ ވޯޓުލާމީހުންގެ ލިސްޓްގައި ބްރަޒިލް އަންހެނެއް

އއިބްރާހީމްް ސަމީރު7 ނޮވެމްބަރު 2025
އިންޑިއާގެ ވޯޓުލާ މީހުންގެ ލިސްޓްގައި ތަކުރާރުކޮށް ބްރަޒިލްގެ މޮޑެލްއެއްގެ ފޮޓޯ ބޭނުން ކޮށްފައިވާ ކަން ފާހަގަ ވެފައި ވެއެވެ. އިދިކޮޅު ކޮންގްރެސްއިން ބުނެފައި ވަނީ މިއީ މަރުކަޒީ ސަރުކާރުން ވޯޓު ޗޯރީ ނޫނީ ވޯޓުން ވައްކަން ކުރުމަށް ބޭނުންކުރާ ހިންތާއެއް ކަމަށެވެ. ކޮންގްރެސްއިން ބުނަނީ ހަރިޔާނާ ސްޓޭޓްގެ އިންތިޚާބު ކާމިޔާބު ކުރުމަށް ތައްޔާރު ވެފައި ވަނިކޮށް، ކުއްލިއަކަށް އެޕާޓީއަށް އިންތިޚާބު ނާކާމިޔާބުވެ ބީޖޭޕީއަށް މޮޅު ލިބުނު ގޮތާމެދު ހައިރާން ވާ ކަމަށެވެ. މިހާރު ކުރިއަށްދާ ބިހާރުގެ ގާނޫނު ހަދާ މަޖިލިސް އިންތިޚާބުގައި "ވޯޓް ޗޯރީ" ކޮށްފަނެ ކަމަށް ބުނާ ވާހަކަތަކާ ސޯޝަލް މީޑިއާގައި އާންމުވެފައިވާ ބްރެޒިލްގެ މޮޑެލް ވަނީ އޭނާގެ ފޮޓޯ ބޭނުން ކުރި ގޮތާ މެދު ސުއާލު އުފައްދާފައެވެ. އޭނާ ބުނެފައި ވަނީ ދުވަހަކުވެސް އޭނާ އިންޑިއާއަށް ގޮސްފައި ނުވާކަމަށާއި އޭނާގެ ފޮޓޯ އިންޑިއާއިން ބޭނުން ކުރާތީ ހައިރާންވާ ކަމަށެވެ. މި މައްސަލަ ފެންމަތިވީ އިންތިޚާބުގެ ތެރޭގައި ގަވާއިދާ ހިލާފު ކަމަށް ބުނާ މައްސަލަތަކާ ގުޅިގެން ވޯޓުލާމީހުންގެ ލިސްޓަށް ފީނައިގެން ކޮންގްރެސްއިން ދިރާސާތައް ކުރުމުންނެވެ. އަދި ކޮންގްރެސްއިން ދެއްކި ޕްރެޒެންޓޭޝަންތަކުގައި ބްރަޒިލްގެ މޮޑެލްގެ ތަސްވީރުތައް އޮންލައިންކޮށް ދައުރުވުމުންނެވެ. ވީޑިއޯ ބަޔާނެއްގައި މޮޑެލް ބުނީ އޭނާގެ ފޮޓޯ ބޭނުންކުރުމާ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށާއި އިންޑިއާގެ ސިޔާސީ ކަންކަމާ އަދި އިންތިހާބުގެ މަރުހަލާއާ ވެސް ގުޅުމެއް ނެތް ކަމަށް ފާހަގަކޮށްފަ އެވެ.

ގުޅުންހުރި ޚަބަރު