ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޖެނޮސައިޑުން ވިޔަފާރި ކުރުމަށްފަހު އިބްރާހީމީ މުއާހަދާގައި ބައިވެރިވެއްޖެ
ދުނިޔެ

ޖެނޮސައިޑުން ވިޔަފާރި ކުރުމަށްފަހު އިބްރާހީމީ މުއާހަދާގައި ބައިވެރިވެއްޖެ

އއިބްރާހީމްް ސަމީރު7 ނޮވެމްބަރު 2025
ޣައްޒާގައި ހިންގި ޖެނޮސައިޑްގައި ބޭނުން ކުރި ތެޔޮ ސަޕްލައި ކޮށްދިން ކަޒަޚިސްތާނުން އިބްރާހީމީ މުއާހަދާގައި ބައިވެރިވެއްޖެއެވެ. ރައީސް ގާސިމް ޓޯމާރް ޓަކަޔޭވްގެ ސަރުކާރަކީ ފަލަސްޠީނު މީހުންގެ ޖެނޮސައިޑަށް ހިތްވަރު ދިން މަދު މުސްލިމު ގައުމުތަކުގެ ތެރޭގައި ހިމެނުނު ގައުމެކެވެ. ކަޒަޚިސްތާނުން ތެޔޮ ސަޕްލައި ކޮށްދިނީ ތުރުކީ މަގުން ލައިގެންނެވެ. އިބްރާހީމީ މުއާހަދާއަކީ ޓްރަމްޕްގެ އާއިލީ ވިޔަފާރިއަށް މެދުއިރުމަތި ފައްކާ ކުރުމަށް އޭނާގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި އެކުލަވާފައިވާ ޔަހޫދީންނާއެކު އަރަބިންނާއި މުސްލިމުން ސުލްހަވުމަށް ބާރުއަޅާ މުއާހަދާއެކެވެ. މި މުއާހަދާއަށް އީމާންވާ އެންމެ ފާހަގަ ކުރެވޭ ގައުމަކީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އެވެ. ސޫދާންގައި ގަތުލުއާންމު ހިންގާ ޖަންޖަވީދު ހަނގުރާމަވެރިންނާއި ރެޕިޑް ފޯސްއަށް ހަތިޔާރާއި އެހީތެރިކަން ދެނީ ޔޫއޭއީން ކަމަށްވެސް ތުހުމަތު ކުރފެއެވެ. އަދި ޔޫއޭއީގެ އަމާޒަކީ ސޫދާންގެ ރަންވަޅުތައް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ގުޅުންހުރި ޚަބަރު