ދިވެހި|English 9 ޖުލައި 2026 · 05:13
Top banner
Advertisement
އެއާޓްރެފިކް މައްސަލަ ޖެހި 800 ފްލައިޓަށް ހުރަސްތަކެއް
ދުނިޔެ

އެއާޓްރެފިކް މައްސަލަ ޖެހި 800 ފްލައިޓަށް ހުރަސްތަކެއް

އއިބްރާހީމްް ސަމީރު8 ނޮވެމްބަރު 2025
ދިއްލީ އެއާޕޯޓުގެ އެއާޓްރެފިކް ކޮންޓްރޯލަށް ދިމާވި މައްސަލައަކާ ގުޅިގެން މިއަދު 800 ފްލައިޓްގެ ހަރަކާތަށް ބުރޫ އަރައިފިއެވެ. މި މައްސަލާގެ ސަބަބުން އެތައް ސަތޭކަ ދަތުރުވެރިންނާއި ފަރުތުވެރިންގެ ހަރަކާތަށް ހުރަސްއެޅި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައި ވެއެވެ. ޖީއެމްއާރުން ހިންގާ ދިއްލީގެ އިންދިރާ ގާނދީ އިންޓަނޭޝަނަލް އެއާޕޯޓުގައި އެއާލައިންތަކުން ވަނީ އަދާހަމަކޮށްފައިވާ ތާވަލްތަކަށް ފަސިންޖަރުން ރިއާޔަތް ކުރުމަށާއި އެއާޕޯޓުގައި އިތުރު ވަގުތު ހޭދަވާނެ ކަމަށް ބެލުމަށް ފަސިންޖަރުންނަށް އިލްތިމާސްކޮށް އިރުޝާދުތަކެއް ނެރެފަ އެވެ. މި ފަންނީ މައްސަލާގެ ސަބަބުން ޗެކިން ކުރުމާއި ބޯޑު ކުރާ ނިޒާމްތަކަށް އަސަރުކޮށް، އެއާޕޯޓުގައި ސަފު ދަމާލާފައި ވެއެވެ. އަދި ހިންގުމަށް ހުރަސް އެޅި ނިޒާމަށް މައްސަލަތައް ދިމާވެފައި ވެއެވެ. ކަމާބެހޭ ފަރާތްތަކުން ބުނަނީ މައްސަލަ ހައްލުކުރުމަށް ފަންނީ ޓީމްތައް އެކުލަވާފައިވާ ކަމަށެވެ. އަދި އެއާލައިންތަކުން ވެސް ފަސިންޖަރުންނަށް ދިމާވާ ދަތިތައް ހައްލު ކޮށްދިނުމަށް އެހީވަމުންދާ ކަމަށެވެ.  

ގުޅުންހުރި ޚަބަރު