ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ކުއްލިއަކަށް ޔަހޫދީންނަށް ހަމްދަރްދީ އުފައްދަން ޕްރޮޕެގެންޑާ ކުރަން ފަށައިފި
ދުނިޔެ

ކުއްލިއަކަށް ޔަހޫދީންނަށް ހަމްދަރްދީ އުފައްދަން ޕްރޮޕެގެންޑާ ކުރަން ފަށައިފި

އއިބްރާހީމްް ސަމީރު8 ނޮވެމްބަރު 2025
ޖެނޮސައިޑް ހިންގައިގެން ދުނިޔެއިން ބާކީކޮށްފައިވާ ޒަޔަނިސްޓުން މިހާރު ދަނީ އެމީހުންނަކީ އެހެން މީހުންގެ ހަމަލަތަކުގެ ޝަކީރައަކަށްވާ ބައެއް ކަމަށް ދުނިޔެއަށް ދައްކަން ޕްރޮޕެގެންޑާގެ މަސައްކަތެއް ފަށާފައެވެ. މިއަދުގެ ދެ ސުރުޚީގައި ދެ ބައްރުގައި ފަތުރަން ފަށާފައިވާ ޚަބަރުތަކުގެ ތެރޭން އެއް ޚަބަރުގައި ބުނަނީ އީރާނުން މެކްސިކޯގައި ހުންނަ ޒަޔަނިސްޓު އެމްބެސެޑަރު ދުނިޔެއިން ނައްތާލަން އުޅެފި ކަމަށެވެ. މިއީ އާދައިގެ މަތިން މިމީހުން ޕްރޮޕެގެންޑާ ކުރާ ޒާތުގެ އަމަލެކެވެ. ދެވަނަ ޚަބަރުގައި ބުނެފައި ވަނީ ޔޫރަޕްގައި ޔަހޫދީންގެ އަމާޒުތަކަށް ހަމަލަދޭން ޚަމާސަށް ވާގިވެރިވާން އުޅުނު މީހަކު އަތުލައިގެންފި ކަމަށެވެ! މި ފަދަ ޚަބަރުތައް ޖެނޮސައިޑް ހިންގާ ޒަޔަނިސްޓު ޔަހޫދީން ދުނިޔޭގެ މީޑިއާއަށް ފާއްދާލައި ކަބަރު ފަތުރަނީ އެމީހުންނަށް ދުނިޔެއިން ނޫނެކޭ ބުނެ ބާކީ ކުރުމާ ގުޅިގެންނެވެ. ތައިލެންޑާއި ގްރީސްއާއި ސައިޕްރަސް އަދި ތުރުކީން ލިބޭ ރިޕޯޓްތައް ބުނާ ގޮތުގައި ޖެނޮސައިޑް ހިންގާފައި ޗުއްޓީއަށްދާ ޔަހޫދީންނަށް ރެސްޓޯރެންޓްތަކުގައި ކާން ދޭންވެސް މީހުން ދެކޮޅު ހަދާ ކަމަށެވެ. އަދި އިޓަލީގެ ބަނދަރަކަށް ގާތް ކުރަން އުޅުނު ޖެނޮސައިޑް ހިންގި ގައުމުގެ ޕަސިންޖަރު ލައިނާއެއްވެސް ގާތް ވިޔަ ނުދީ ހުރަސް އަޅައި ފައްސާލައިފައި ވެއެވެ. މިދާގޮތަށް ދާނަމަ ޒަޔަނިސްޓަރު ގަހެއްގެ ނިވަލުގައި ނޫނީ ގަލެއްގެ ދަށުގައި ފިލާއޮތަސް އެއެއްޗެއްވެސް އޭނާ އޮތް ކަމަށް ބުނެ ބެޒާރުކޮށްލާނެއެވެ.

ގުޅުންހުރި ޚަބަރު