ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ނަސާރާއިންގެ ފައްޅިތަކުގައި ޖިންސީ ޝިކާރައަކަށްވި މީހުން
ދުނިޔެ

ނަސާރާއިންގެ ފައްޅިތަކުގައި ޖިންސީ ޝިކާރައަކަށްވި މީހުން

އއިބްރާހީމްް ސަމީރު8 ނޮވެމްބަރު 2025
ނަސާރާއިންގެ ފައްޅިތަކުގައި ޖިންސީ ޝިކާރައަކަށްވާ މީހުންގެ ވިއުގައިން 2025ގެ ރިޕޯޓް އާންމުކޯށްފިއެވެ. މިއަދު ހުކުރު ދުވަހު ޝާއިއުކުރި އެ ނެޓްވޯކްގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން 2000 ވަނަ އަހަރުން ފެށިގެން އިޓަލީގައި ގާތްގަނޑަކަށް 31،000 ކެތޮލިކް ފައްޅީގެ ފާދިރީންގެ ތެރެއިން 1،106 ފައްޅީގެ ފާދިރީން ވަނީ ޅަ ފިރިހެން ކުދިންނަށް ޖިންސީ އަނިޔާ ކޮށްފައެވެ. މިހާދިސާތަކުގައި ޝިކާރައަކަށް ވެފައިވާ މީހުންގެ ޖުމްލަ 4،625 މީހުންނަށް އަރާފައި ވެއެވެ. މިއިން 4،451 މީހުންނަކީ އުމުރު ހަމަނުވާ ކުޑަ ކުދިންނެވެ. އިޓަލީގެ ކެތޮލިކް ފައްޅީގައި ޖިންސީ އަނިޔާތަކާ ގުޅޭ ގޮތުން ޝިކާރައަކަށްވާ މީހުންގެ ހައްގު ހޯދައި ދިނުމަށް މަސައްކަތް ކުޜާ ޖިންސީ ޝިކާރައަކަށްވާ މީހުންގެ ވިއުގަ ނެޓްވޯކުން ހާމަކުރި ގޮތުގައި މި ރިޕޯޓަކީ ޝިކާރައަކަށް ވެފައިވާ މީހުންގެ ހެކިބަހާއި މީޑިއާގައި ޝާއިއުކުރާ މައްސަލަތަކުގެ ފައިލްތަކާއި އިޓަލީގެ ކޯޓުތަކުން ކޮށްފައިވާ ކޯޓު ހުކުމްތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ރިޕޯޓެއް ކަމަށެވެ. ކެތޮލިކް ފައްޅީގައި ފާދިރީންނަށް ކައިވެނި ކުރުމަކީ ހަރާންކޮށްފައިވާ ކަމެކެވެ.

ގުޅުންހުރި ޚަބަރު