ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ޔަހޫދީން ސެޓްލަރުން ކޮންމެ ދުވަހަކު ހުޅަނގު އައްސޭރީގައި 8 ހަމަލަ ދެމުން ދޭ
ދުނިޔެ

ޔަހޫދީން ސެޓްލަރުން ކޮންމެ ދުވަހަކު ހުޅަނގު އައްސޭރީގައި 8 ހަމަލަ ދެމުން ދޭ

އއިބްރާހީމްް ސަމީރު8 ނޮވެމްބަރު 2025
އދ. ހިއުމަނިޓޭރިއަން އެފެއާޒް އިދާރާއިން ބުނަނީ ޔަހޫދީން ހުޅަނގު އައްސޭރީގައި ދެމުންދާ ހަމަލަތައް އިތުރު ވެފައިޥާ ކަމަށެވެ. ބައިނަލްއަގްވާމީ ޖަމިއްޔާއިން ޔަހޫދީންގެ އަނިޔާވެރި ހާދިސާތައް ނިޒާމީ ގޮތެއްގައި މޮނިޓަރ ކުރަން ފެށި 2006 ވަނަ އަހަރަށްފަހު މިއަހަރަކީ މަހުން މަހަށް އެންމެ ގިނަ އަނިޔާވެރި ހާދިސާތައް އިތުރުވި އަހަރެވެ. މިހަމަލާތަކުގައި ގެއްލުން ދިނުމާއި ދަނޑު ބިމާއި މުދފާ ހަލާކުކޮށްލުމުގެ 8 ހާދިސާ އެވްރެޖްކޮށް ކޮންމެ ދުވަހަކު ދިމާވާ ކަމަށް ރިކޯޑް ކޮށްފައި ވެއެވެ 2006 ވަނަ އަހަރުން ފެށިގެން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް 9،600 އަށް ވުރެ ގިނަ ހަމަލާ ދީފައިވާ ކަމަށް އދގެ އިދާރާއިން ވަނީ ޑޮކިއުމެންޓް ކޮށްފަ އެވެ. އޭގެ ތެރެއިން މިއަހަރު އެކަނިވެސް ގާތްގަނޑަކަށް 1،500 ހަމަލާ ރެކޯޑް ކުރެވިފައިވާއިރު، މިއީ ޖުމްލަ ރެކޯޑްގެ ގާތްގަނޑަކަށް %15 އެވެ. އދގެ އިދާރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ސިފައިންގެ ހަމަލަތަކުން 42 ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ.

ގުޅުންހުރި ޚަބަރު