ދިވެހި|English 9 ޖުލައި 2026 · 04:23
Top banner
Advertisement
މަސްކުގެ ދިރިއުޅުމަކީ ސާދާ ދިރިއުޅުމެއް
ދުނިޔެ

މަސްކުގެ ދިރިއުޅުމަކީ ސާދާ ދިރިއުޅުމެއް

އއިބްރާހީމްް ސަމީރު9 ނޮވެމްބަރު 2025
އިލޯން މަސްކްއަކީ ދުނިޔޭގެ ތާރީޚްގައި 1 ޓްރިލިއަން ޑޮލަރަށް އޭނާގެ މުދާވެރިކަން އަރާނެ ކަމަށް ބެލެވޭ ފުރަތަމަ މީހާއެވެ. މިހާ ބޮޑު މުދާވެރިކަމެއް ލިބިފައިވީ ނަމަވެސް، އޭނާ ގެ ދިރިއުޅުމަކީ ސާދާ ދިރިއުޅުމެކެވެ. އޭނާ ދިރިއުޅެނީ ޓެކްސަސްގައި ހުންނަ 50,000 ޑޮލަރުގެ ގެއެއްގައެވެ. އޭނާގެ ކުރީގެ ބައިވެރިޔާ ގްރައިމްސް ބުނެފައިވަނީ، ބައެއް ފަހަރު އިލޯން މަސްކް ދިރިއުޅެނީ "ފަޤީރުންނާ އެއްފަދަ ހާލަތެއްގައި" ކަމަށާއި، ގޮދަޑި ހަލާކު ވެގެންވެސް އައި ގޮދަޑިއެއް ގަތުމަށް އޭނާ ދެކޮޅުހެދި ކަމަށެވެ. މީގެ ކުރިން އިލޯން މަސްކް ގެ މިލްކިއްޔާތުގައި ކެލިފޯނިއާގެ ބެލް-އެއަރ އަވަށުގައި 100 މިލިއަން ޑޮލަރުގެ އަގުބޮޑު 7 ގެ ހުއްޓެވެ. ނަމަވެސް، 2020 ވަނަ އަހަރު، އޭނާ ހުރިހާ މުދަލެއްހެން ވިއްކާލިއެވެ. ފަހުން 2021 ވަނަ އަހަރު، އޭނާ ގެއެއް ކަމަށް ބަލައިގެން ދިރިއުޅުނީ ސްޕޭސްއެކްސްގެ ރޮކެޓް ހަދާ ފެކްޓްރީ "ސްޓާބޭސް" ކައިރީގައި ހުންނަ ކުޑަ ޕްރީފެބް ގެއެއް ކަމަށެވެ. އެދުވަސްވަރު އޭނާ ދަތުރުތަކުގައި އެކުވެރިންގެ ގޭގައި މަޑުކޮށް ހެއްޖެވެ. އިލޯން މަސްކަކީ ނާދިރު ޒާތުގެ ކާރުތައް ގެންގުޅޭ މީހެކެވެ. އެފަދަ 5 ކާރު އޭނާގެ މިލްކިއްޔާތުގައި ހިމެނެއެވެ. މީގެ އިތުރުން، އޭނާގެ ކުންފުނިތަކުގެ މަސައްކަތްތަކަށާއި ދަތުރުފަތުރަށް ބޭނުންކުރުމަށްޓަކައި "ގަލްފް ސްޓްރީމް" މޮޑެލްގެ ބައެއް ޕްރައިވެޓް ޖެޓް ވެސް ގެންގުޅެއެވެ. މަސްކު ވަނީ 2022 ވަނަ އަހަރު، 44 ބިލިއަން ޑޮލަރަށް ޓްވިޓަރު ގަނެފައެވެ.

ގުޅުންހުރި ޚަބަރު